ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ވެސް ވީ ފެއިލް، ރައީސް ނަޝީދު ވެސް ބޭރު ނުކުރެވޭނެ: އާޒިމް

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އަލީ އާޒިމް: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނެއްކާވެސް އެމްޑީޕީ ބަލިވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރުމުގެ މަސައްކަތް ކުރަން ހަދައިގެންކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ”ކުޅޭކުޅޭ“ މައްސަލައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމާ، މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އަނެއްކާވެސް އެމްޑީޕީއަށް ކުރިމަތިިލާން ޖެހޭނީ ބޮޑު ނާކާމިޔާބީއަކާއިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތް، އެ ފުރުސަތެއް ނުދޭނަމޭ.

ރިޔާސީ އިންތިހާބުން އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީ ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް އެމްޑީޕީއަށް ކުރިމަތިލާންޖެހޭނީ މިފަދަ ނާކާމިޔާބީއަކާއެވެ.

މީގެ ކުރިން އެމްޑީޕީއަށް އޮތް ތާއީދު މިހާރު ދަނީ ފަނޑުވަމުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: