ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް!

މީހަކު ބީއެމްއެލްގެ އެޕް ބޭނުން ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށާއި، އެއީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު ފޮނުވާ މެސެޖްތަކެއްކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ނަމުގައި ފޮނުވާ މެސެޖްތަކަކީ ސްކޭމް މެސެޖްތަކެއް ކަމަށާއި، އެގޮތަށް ލިބޭ މެސެޖްތަކުގެ ލިންކްތަކަށް ނުވަނުމަށް އެދޭ ކަމަށެވެ.

ފުލުހުންވެސް މިއަދު ވަނީ ގޮތްނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކުތަަކަށް ނުވަނުމަށް އިލްތިމާސްކޮށްފަ އެވެ.

މިފަހަކަށް އައީސް އެކި ނަަންނަމުގައި މެސެޖްތައް ފޮނުވަމުންދާއިރު، ސަމާލު ވުމަށާއި، މިހާރުވެސް ކަސްޓަމްސްގެ ފީ ދެއްކުމަށްކަމަށް ބުނެ އެކި ނަންބަރުތަކުން މެސެޖްތައް ފޮނުވުން ގިނަވެފައިވާކަން ފާހަގަކުރެވެ އެވެ. މި މައްސަލައިގައި ފުލުހުން ބުނީ މިފަދަ ލިންކްތަކަށް ވަނުގެ ސަބަބުން އަމިއްލަ ޒާތީ މައުލޫމާތު އެދަ ފަރާތްތައް ހޯދައިގަންނަ ކަމަށެވެ.

ސްކޭމް މެސެޖްތަކުގައި އެފަދަ ލިންކްތައް ހިމަނާފައި ހުންނަނީ އެ ލިންކްތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތުތައް ހޯދުމަށާއި، އެ މައުލޫމާތުތައް ހޯދަނީ އިންޓަނެޓް ބޭންކިން ފަދަ ފައިސާއާ ގުޅުންހުރި މުއާމަލާތްތައް ވަގަށް ބޭނުން ކުރުމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: