ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން އިންޓަޜ ސްކޫލް، ކޮލެޖު އަދި އޮފީސް އީ ސްޕޯޓްސް މުބާރާތްތަކެއް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގޭމު ކުޅުމަށް ލޯބި ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން އަންނަަ އަހަރު އިންޓަ ސްކޫލް، އިންޓަ ކޮލެޖް އަދި އިންޓަ އޮފިީސް އީ-ސްޕޯޓްސް މުބާރާތްތައް ބާއްވަން އުރީދޫއިން ނިންމައިފި އެވެ.

އުރީދޫ ނޭޝަންސް އިން މިދިޔަ ހަފްތާ ބޭއްވި ގޭމިން ފެސްޓިވަލް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ގޭމިން އަކީ މިހާރު ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިން ގޭމިންގެ ދުނިޔޭގައި ކުރިއަރަމުން އަންނައިރު އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް 2023 ގައި ރާއްޖޭގެ ހުނަރުވެރި އީ-ސްޕޯޓްސް ގޭމަރުން ފަހާގަކުރެވިގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

“މި އިވެންޓްގެ ކާމިޔާބީ އާއި އެކު އެކި އުމުރުފުރައިގެ ގޭމަރުންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމަށް އިންޓަ ސްކޫލް، އިންޓަ ކޮލެޖް، އަދި އިންޓަ އޮފިސް އީ-ސްޕޯޓް މުބާރާތްތައް ބޭއްވިގެންދާނެ.” ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ފެސްޓިވަލް އެއްގޮތުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ގޭމިން އިވެންޓެވެ. އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައިި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ގޭމިންގް ފެސްޓިވަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ފެސްޓިވަލުގައި ތަފާތު މުބާރާތްތައް ކުރިއަށް ދިޔައިރު އޭގެ ތެރެއިން 100،000ރ. ގެ ޕްރައިޒް ޕޫލް އަކާއެކު ކުރިއަށް ދިޔަ ޕަބްޖީ މުބާރާތުގެ ފައިނަލް މެޗް ތަކާއި، ޓެކަން މުބާރާތުގެ އިތުރުން ފީފާ އާއި ރޭސިންގް ޗެލެންޖް އަދި ކޮސްޕްލޭ ޝޯ ހިމެނެ އެވެ.

މި މުބާރާތްތަކުން މޮޅުވި ފަރާތްތަކަށް ފައިސާގެ އިނާމު ދީފައިވާއިރު އުރީދޫ ނޭޝަން އިން ވަނީ ޖުމްލަ 185،000 ރުފިޔާގެ އިނާމު ކުޅުންތެރިންނަށް ހުށަހަޅާފަ އެވެ.

އުރީދޫ އިން ބުނީ އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މި އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަދި ގޭމިންގް އެވޯޑާއެކު އީސްޕޯޓްސް ދާއިރާގެ އުޖާލާ ކުރިއެރުމުގެ އުއްމީދު އާވެގެން ގޮސްފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: