ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް އަންހެނުން ހޮވަން ބޭނުންވާނަމަ ރޮޒެއިނާ ގޮވާލީ ހަރަދުކޮށްދޭން!

އިންތިހާބީ ރައީސް ޑރ. މުއިއްޒު އާއި ރޮޒެެއިނާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އަންހެން ބޭފުޅުން ހޮވަން ބޭނުންވެ ވަޑައިގަންނަވާނަމަ އެކަމަށް ހަރަދުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ވާދަކޮށް ކާމިޔާބު ކުރުމަށް ބޭނުންވާކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމަށް މުއިއްޒު ވަނީ މިއަދު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ އަންހެން ކެނޑިޑޭޓުންގެ ދަށްވެގެން 20 އިންސައްތަ ގޮނޑިތައް ކާމިޔާބު ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މުސާރައާއި އިނާޔާތްތަކުގެ އިތުރަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް، ހާއްސަ އެލަވަންސެއް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ ވަރަށް ރަނގަޅު ނިންމުމެއްކަން ގިނަ ބަޔަކު ފާހަގަކުރަމުން ދަނިކޮށް ރޮޒެއިނާ ވިދާޅުވީ މަޖިލީހަށް ހޮވުމުން އިނާޔަތެއް ދިނުމުގެ ބަދަލުގައި އެހީވާންވީ އެ މީހުން އެ ގޮނޑިއަށް އިންތިހާބުކޮށްދޭން ކަަމަށެވެ. އަދި ހަރަދުތައް ކުރުމުގައި އެހީވުން މާ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ. ރޮޒެއިނާ ވިދާޅުވީ މަޖިލީހަށް ހޮވުމަށް ފަހު ލިބޭ އިނާޔަތަކަށް ވުރެ، އެ އަންހެނުންނަށް މާލީގޮތުން ދޭ އެހީ މާ ރަނގަޅު ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ ހަގީގަތުގައި ވެސް މަޖިލީހަށް އަންހެން ބޭފުޅުން ހޮވެން ބޭނުންފުޅުވާ ނަމަ އެކަމަށް ހަރަދު ކުރައްވާނެ ކަމަށެވެ. އެބޭފުޅުންނަށް އެހީތެރިކަން ބޭނުންވަނީ މަޖިލީހަށް ހޮވުމުގެ ކުރިން ކަމަށާއި މަޖިލީހަށް ހޮވުމަށް ފަހު އެހީތެރިކަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވީ ޑރ. މުއިއްޒު ދައްކަވާ ވާހަކައިން އެމަނިކުފާނުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެދޭކަމަށެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: