ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ބަހުގެ ހަމަލާތަކަށް ޑިމޮކްރެޓުންގެ ރައްދު!

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށްފައިވީ ނަމަވެސް އެމައްސަލަ ވަނީ ކުރިއަށް ނުގެންދެވިފައެވެ. އެމައްސަލަ ކުރިއަށް ނުގެންދެވިފައި ވަނީ ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ސަލާމުގައި ހުރުމުގެ ސަބަބުން ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ނެތުމުންނެވެ. އަދި މައްސަލަ ދެންއޮންނަ ދުވަހުގެ މަޖިލީހަށް އެޖެންޑާކުރި ކަމަށް އަމީން އާންމު ފާތިމަތު ނިޔުޝާ ވަނީ ވިދާޅުވެފައެވެ.

އެމައްސަލަ ނުބެލި މަޖިލީސް ނިންމާލާފައިވާތީ އެމްޑީޕީގެ މެންބަރުން ބުނެފައިވަނީ ގާނޫނާ އެއްގޮތަށް އެކަން ހިނގައިފައި ނުވާކަމަށެވެ. އެހެންކަމުން މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ގެންދިއުމަށް ނިންމާފައެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީން ވަނީ މަޖިލީހުގައި ހަމަނުޖެހުުން ހިންގާފައެވެ. މަޖިލީހުގެ އިދާރީ މޭޒުގައި ތިއްބަވާ މުވައްޒަފުންނަށް ހަޑިހުތުރު ބަސްތަކުން މުއާމަލާތްކޮށް ތަކެއްޗަށް ގެއްލުން ދީފައެވެ. ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ގެ ކޮމްޕިއުޓަރ ސިސްޓަމް އަށް ގެއްލުންދީފައެވެ. އަދި ފިލްޒާގެ ފޯނާއި އަތްދަބަހަށް އަމާޒުކޮށް ފެންޖަހާފައެވެ. މި ކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސްއިން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި މަޖިލީހުގެ މުވައްޒަފުންގެ ތަކެއްޗަށް ދީފައިވާ ގެއްލުންވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

އެ މައްސަލަތަކުގައި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރާ ގުޅޭ މައްސަލައިގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވިދާޅުވެ އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެފައިވެއެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވާއިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެ ހަމަނުޖެހުންތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބަލައިދިނުމަށް ކަމާބެހޭ މުވައްސަސާ ތަކަށް ވަނީ ގޮވާލާފައެވެ.

ޑިމޮކްރެޓްސްއިން ދަނީ އެމްޑީޕީއިން ބުނަމުންދާ އެކި ކަންކަމަށް ރައްދުދެއްވާފައެވެ. ރައީސް ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީން ކުރާ މަސައްކަތަށް ހުރަސްއަޅައި ގަދަކަމުން ރިޔާސަތުގައި އިންނަވައިގެން އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެއްބާރުލުން ނުދޭން އެމްޑީޕީން ނިންމުމުން ޑިމޮކްރެޓްސް އެކަން ވަނީ ކުއްވެރިކޮށްފައެވެ. ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމްޑީޕީގެ ޕީޖީ ލައްވައި ހުރަސްއަޅަން މަސައްކަތްކުރައްވަނީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ މިއީ ވަރަށް ހުތުރު އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

ޑިމޮކްރެޓްސްއިން ބޭއްވި ހަރުގެ ޖަލްސާއެއްގައި އެޕާޓީގެ ޕީޖީ ލީޑަރު އާޒިމް މަޖިލިސް ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން އުޅެނީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ “ހިތަށް ތަސައްލީއެއް ގެނެސްދިނުމަށްޓަކައި” ކަމަށެވެ. އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ “ކުޅޭކުޅޭ މައްސަލައަކަށް” އެމްޑީޕީން ހަދައިފި ކަމަށެވެ. އެމްޑީޕީން ބޭނުންހާ ގޮތެއް ހަދަން އެ ޕާޓީން ފުރުސަތު ދީގެން ބަލަން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި “ފުނޑުފުނޑުވެފަ” އެވެ. ދައުލަތުގެ ހުރިހާ ބާރެއް ލިބިގެން ވެސް އެ ޕާޓީއަށް އެއްވެސް ނަތީޖާއެއް ނުނެރެވި ރައްޔިތުންގެ ކުރިމަތީގައި ފެއިލްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލު ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއުތުރުން އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނަމަ ސަރުކާރު މަދަލުވުމުގެ ކުރިން އެމައްސަލަތަށް ބައްލަވާނެ ކަމަށެވެ. އަދި އަދަބު ދޭންޖެހޭ ފަރާތަށް އެކަމުގެ ހައްގުއަދަބު ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ރައީސް ނަޝީދު އެކަންކަން ކުރައްވާނީ ދެފުއްފެންނަގޮތަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަތަށް ބަލައި ތަހުގީގުކުރަން އުޅުއްވާތީ އިރުބާރުނެތް ކަމަށް ބުނަމުން ދާކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ގިނަ މެންބަރުން އެ މައްސަލަތަކުގައި ހިމެނޭކަމުގެ ރިޕޯޓް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ވާހަކައަށް ހަސަން އަފީފް ވިދާޅުވީ އީވާ ބަލިވެ އުޅުއްވާއިރު އެކަމަނާ ރިޔާސަތަށް އެރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގައި މަޖިލީހުގެ ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭނެކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސްކަމަށް ފާހަގަކުރައްވާ އެހެން ފަރާތަކަށް ރިޔާސަތު ނުބެލެހެއްޓޭނެކަން އަފީފް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ނުބޭއްވުނީ ކީއްވެގެންކަން ކަމާއިމެދު އެއްވެސް އޮޅުމެއް ނެތްކަމަށް އަފީފް ގަބޫލު ކުރައްވައެވެ. މަޖިލީހުގެ މެޖޯރިޓީ އޮތޭ ކިޔާފައި މަޖިލީހުގެ ޖަލްސާ ބާއްވާން އުޅުމަކީ ގަވައިދާއި ގާނޫނު ތަންދޭ ކަމެއް ނޫންކަމަށް އަފީފް ވިދާޅުވިއެވެ. މީގެ އިތުރުން އަފީފް ވިދާޅުވީ މަޖިލީހުގެ އިދާރީ ކަންކަމުގައި ކޯޓަށް ދިއުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: