ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ މަސައްކަތް ދިގުލައިގެންދިއުމުން، ރާއްޖެއަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލިއްޖެ!

އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝަރޫއުގެ މަސައްކަތް ނުނިމި ދިގުލައިގެންދިޔަދިޔުމަކީ ރާއްޖެއަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ހިފެހެއްޓިފައި އޮތުން ކަމަށް އެމްޕީއެލް އަދި އެމްޓިސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމް ވިދާޅުވީ ރާއްޖެ އޮތީ ދަރަނިވެރި ހާލަތެއްގައި ކަމަށާއި، އެކަމުން އަރައިގަނެވޭނީ ރާއްޖެއަށް އިތުރަށް އާމްދަނީ ލިބޭނެ މަގު ހޯދިގެން ކަމަށެވެ.

ސަންގު ޓީވީގެ “2023 ރައީސް” ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ހަލީމް ފާހަގަކުރެއްވީ އެއާޕޯޓް ޓާމިނަލް ނިމިފައި އޮތްނަމަ އެތަނުންލިބޭ އާމްދަނީ ބޮޑުވެގެންދާނެ ކަމަށެވެ. ހަލީމް ފާހަގަކުރެއްވީ އަތޮޅުތެރޭގައި ރިޒޯޓްތައްވެސް ތަރައްގީ ކޮށްފައިވާތީ ރާއްޖެ އަންނަ ފަތުވެރިންގެ އަދަދު ގިނަ ކަމަަށާއި، ނަމަވެސް އެއަށްވުރެ ބޮޑަށް އެއާޕޯޓް މަޝްރޫއު ކުރިއަށްދިޔަނަމަ ފަތުރުވެރިންގެ އަދަދު ގިނަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެއާޕޯޓް މަސައްކަތް ނުނިމި އޮތުމުން ރާއްޖެއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށާއި، އަދި ޕްރައިވެޓް ސެކްޓާ ފުޅާވަމުންއަންނައިރު އެކަމަށްވެސް ވީއައިއޭ ތަރައްގީވެފައި ނުވާތީ ކަންބޮޑުވުން އެބަހުރި ކަމަށް ވިދާޅުވިއެވެ.

ވީއޭއައިއޭ މަޝްރޫގެ މަސައްކަތް ފަށާފައިވަނީ މީގެ 10 އަހަރުކުރިންނެވެ. ނަމަވެސް ހަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަންތައްތައް ނުކުރައްވާ ލަސްކުރަމުން ގޮސް ދައުރު ނިމުނުއިރު އެއްވެސްވަރަށްކަށް މަސައްކަތް ނުކުރުމަކީވެސް ވަރަށް ބޮޑުކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.

އިންތިހާބީ ރައީސް މީގެ ކުރިން ވިދާޅުވީ ވީއައިއޭގެ މަސައްކަތް ނިމިފައިނުވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވީއައިއޭއަށް ބޮޑު ސަމާލުކަމެއްދެއްވާ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހު އެ މަސައްކަތް ބައްލާލުމަށް އެއާޕޯޓަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި، ކުރިއަށްއޮތް އަހަރެއް ނުވަތަ ދޮޅުއަހަރެއްގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ވަރު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ޑޮމެސްޓިކް އެއާޕޯޓްތަކާއި، ރިޒޯޓްތައް އަތޮޅުތެރޭގައި ތަރައްގީ ކުރެވިފައިވުމުން ފަތުރުވެރިން ރާއްޖެއަށްއަންނަ އަދަދު އިތުރުވެފައިވާތީ ވީއައިއޭގެ މަސައްކަތް ކޮންމެހެންވެސް ނިންމަންޖެހޭ ކަމަށެވެ. ވެލާނާ އެއާޕޯޓްގެ ރަންވޭ މަސައްކަތާއި ފިއުލް ސްޓޯރޭޖް މަސައްކަތްވެސް ކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުންކަމަށާއި، ރައީސް ޔާމީން ސަކުކާރު ބަދަލުވުމާއި ހަމަޔަށް އައިއިރު ޓާމިންލަގެ މަސައްކަތްވެސް އޮތީ ފެށުމާއި ހިސާބުގައި ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: