ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރބަންކޯއިން ފަލަސްތީނަށް އެހީވުމަށް ފަންޑްރެއިޒިން އިވެންޓެއް ބާއްވަނީ

ފޮޓޯ: އާރބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރ 3  ވާ ހުކުރު ދުވަހު އަރބަންކޯއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ފަންޑް ރައިސިންގް އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ސެންޓަރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓު ކުރިއަށް ގެންދަވީ ނޮވެމްބަރު 3 ގެ ހަވީރު 6-4 އަދި ރޭގަނޑު 10-8 އަކަށްށެވެ.

އާރބަންކޯއިން ހިންގާ މި އިވެންޓްގައި ފުޑް ސްޓޯލްއަކާއި، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އަދި މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދޭން އާރބަންކޯއިން ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން އަރބަންކޯގެ އެދުމަކީ ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމެވެ. މީގެއުތުރުން އާރބަންކޯއިން މީގެ ކުރިންވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މިފަދަ ފަންޑްރެއިސިން އިވެންޓުތަށް ބާއްވާފައެވެ. އަދި އެ އިވެންޓުތަށް ވަނީ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

އެހެން ކަމުން އާރބަންކޯގެ އެދުމަކީ މި އިވެންޓުންވެސް ކާމިޔާބު ކަމާއެކު ނިންމާލުން ކަމަށް އާރބަންކޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: