ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދާ ކުލިއާ ކުރުމުގައި ޕޯޓްގައިހުރި ގޮންޖެހުންތަކަށް ސަރުކާރަށް ހައްލެއް ނުކުރެވުނު: ހަލީމް

އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވިޔަފާރި ބަނދަރުގައި މުދާ ކުލިއާކުރުމާއި، ޕޯޓް ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެމްޕީއެލް ކުރީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ 2023ގެ ރައިސް ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ޕޯޓްގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި، ނަމަވެސް އެކަމަށް ޙައްލުހޯދާފައި ނުވާ ކަމަށެެވެ.  ޕޯޓްގެ ސީއީއޯއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވަރަށް ބޮޑެތި ޕްލޭންތަކެއް ހެދި ކަމަށްވެސް ހަލީމް ވިދާޅުވިއެވެ. އެގޮތުން ޕޯޓް ތިލަފުޓަށް ބަދަލު ކުރުމަށް އެކޮނޮމިކް މިނިސްޓްރީ ތެރިން މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާލުވިއެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމާއި އެކު ޕްލޭން އެއްކޮށް ގުޅީފަޅަށް ބަދަލު ކުރުމަށް ނިންމިކަން ހަލީމް ފާހަގަ ކުރެއްވިއެވެ.

ހަލީމް  ފާހަގަކުރެއްވީ އެމްޕީއެލްއިން މިހާރު ބޭނުން ކުރާ ސަރަހައްދު ބޮޑުކުރެވެން ނެތް ކަމަށާއި، މުދާ އުފުލާ އަދި މަސައްކަތް އަވަސް ކުރުމުގައިވެސް ބޮޑެތި ގޮންޖެހުން ހުރި ކަމަށެެވެ. ގުޅީފަޅަށް ޕޯޓް ބަދަލުކުރަން ބުނުން ފިޔަވާ އެއްވެސް ކަމެއް މި ސަރުކާރުން ކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ.

ޕޯޓަކީ ރާއްޖެ އެތެރެކުރެވޭ ހުރިހާ މުދަލެއް އެތެރެކުރެވޭ ތަނަކަށް ވެފައި އެތަން ތަރައްގީ ކުރަންޖެހޭ ކަމަށާއި އެގޮތުން ރިޒޯޓްތަކަށް އެތެރެކުރެވޭ މުދާވެސް ގެނަވެނީ ޕޯޓަށް ކަމަށްވާއިރު ފަތުރުވެރިކަން ފުޅާވެގެންދާއިރު، ޕޯޓް ތަރައްގީ ހުއްޓުމަކަށް އައިސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

”ޕޯޓަށް ބޯޓެއް އައިސިއްޔާ އެއްބޯޓަށް ބަނދަރަށް ވަދެވޭނީ. ދެން އަންނަ ބޯޓްތައްވެސް ތިބޭނީ ބޭރުގަ. މިއީ ހުރި ގޮންޖެހުމެއް“ ހަލީމް ވިދާޅުވިއެވެ.

ޕޯޓްގައި ހުރިދަތިތަކާއި އެކު ބާޖުތަކަށް މުދާ އަރުވައިގެން މާލެ އަށާއި، ހުޅުމާލެ އަށް ގެންދަން ޖެހޭކަން ފާހަގަ ކުރައްވާ ހަލީމް ވިދާޅުވީ މިކަމަށް ހައްލެ ލިބެން އޮތީ ޑރ. މުއިއްޒުގެ ވެރިކަމުގައި ކަމަށެެވެ.

5 އަހަރުގެ ދައުރެއް ނިމިގެންދިޔައިރު ހަލީމް ވިދާޅުވީ ކަމުގެ މުހިންމުކަން ވިސްނައިގެން ކަންކޮށްފައިވާތަނެއް ސަރުކާރުގެ ތެރެއިން ފެނިފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: