ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި އޮތީ ރަށުގެ ދަރިއެއް ހޮވުމުގެ ރޫހުގަ؛ ނަރީޝް އިންތިހާބުގެ ވާދަ ނުކުރާނެ!

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮންޑިއަށް ވާދަކުރައްވާކަން އިއުލާންކުރައްވައިފިއެވެ.

ނަރީޝް އަމިއްލަ ޓްވިޓާރ އެކައުންޓުން ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެެވެ. އޭނާ ވިދާޅުވީ ކުރިމަތިލައްވަނީ ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގެ ތެރެއިން ހިދުމަތެއްކޮށް މަޖިލީހުގައި ވަކާލާތުކުރުމަށްކަމަށެވެ. އަދި އެ ނިންމެވުމަށް އެ ދާއިރާގެ ކަމުވޮށިގެންވާ މީހުންނާއި އިސްރަށްވެރިންގެ އިތުރުން ކަނބަލުންނާއި ޒުވާނުންވެސް ތާއީދުކުރާކަން ހާމަކުރައްވާ އިތުރުކޮށްދިނުމަށް ކޮށްދެއްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީގައި އޮތީ ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުކަމަށެވެ. އެހެންކަމުން ރަށު ރައްޔިތުންގެ އެ ވިސްނުމާއި ފިކުރަށް  އިހުތިރާމްކުރާކަމަށާއި އެހެންކަމުން ކުރިމަތިލައްވަން ނިންމެވިކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 41%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 18%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: