ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އެންމެ ބޮޑު އިއަރ އެންޑް ސޭލް ޕްރޮމޯޝަނެއް ފަށައިފި

ފޮޓޯ: ސަންގު ޓީވީ/ ޒަޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ޗޮއިސް ގެ އެންމެ ބޮޑު އިއަރ އެންޑް ސޭލް ޕްރޮމޯޝަން މިއަދު ރަސަމީކޮށް ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗއިސްގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށް ރަށުގައި ހުރި އެސްޓިއޯއެއްގެ ހުރިހާ ފިހާރަ ތަކެއްގައި މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓިއޯގެ މިއަހަރު މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް ކަމަށަ ފާހަގަކޮށް އެސްޓީއޯއިން ބުނެފައިވަނީ މި ސޭލްގައި އެ ފިހާރައިގެ ހުރިޙާ ޕްރޮޑަކްޓްތަކުން އަގުތަށް ވަރަށް ބޮޑަށް ތިރިކޮށްފައިވާކަމަށެވެ.

މި ޕްރޮމޯޝަން އާއި އެކު ވަރަށް ހާއްސަ އޮފަރ ތަކެއްވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. މި އޮފަރގައި ގަންނަ ކޮންމެ ފްރިޖަކާއިއެކު އަވަނެއް ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މުދަލުގެ އަގު ތިރިކުރުމުގެ އިތުރުންވެސް ގަންނަ ކޮންމެ މުދަލަކާއިއެކު ހިލޭ އެހެން މުދާވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ. މިސޭލް ކުރިއަށް ދާނީ 80 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތު ދީފައެވެ.

އެސްޓީއޯގެ މި ހާއްސަ ސޭލް ނޮވެމްބަރ 1 ގައި ފަށާފައިވާއިރު މި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 15 އާއި ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: