ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 ފްލެޓް ދެނީ އިންސާފުވެރިކޮށް ނޫންކަމަށް ބުނެ އޭސީސީއަށް މައްސަލައެއް

ވިނަރެސް ފްލެޓް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު އަޅަމުންދާ 4000 ފްލެޓް ދެނީ އިންސާފުވެރި ގޮތަށް ނޫން ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

އޭސީސީއަށް މައްސަލަ ހުށަހަޅާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ފްލެޓް ލިބޭނެކަން އަންގާފައި ކަމަށެވެ. އެއީ 13،000 އަށްވުރެ ގިނަ މީހުން ކަމަށެވެ.

ރިޔާސީ އިންތިހާބު ތެރޭގައި 13،000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދޭނެ ކަމަށް ސަރުކާރުން ވިދާޅުވި ކަމުގައި ވިޔަސް ސަރުކާރުން މިހާތަނަށް އަޅަން ހަވާލުކުކުރެވުނީ 4000 ފްލެޓް ކަމަށް އެ ސިޓީގައިވެއެވެ. އަދި ފްލެޓް ލިބޭނެ ކަމަށް އެންގި މީހުންގެ ތެރެއިން 10،000 ވަރަކަށް މީހުންނަށް ދޭނެ ފްލެޓު އެޅުމުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި މަޝްރޫއުގެ ފައިނޭސްއެއްވެސް ހަމަޖެހިފައިނުވާ ކަމަށެވެ.

“މިހެން މިކަން އޮއްވާ ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން އެޅުމުގެ މަސައްކަތް ފެށިފައިވާ 4،000 ފްލެޓް ދޭނެ މީހުންގެ ވަކި ލިސްޓެއް ނެރެން ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުން. ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 13،000 މީހުންގެ ތެރެއިން ފުރަތަމަ ހަވާލުކުރާ 4،000 މީހުން ކަނޑައެޅުމުގެ އެންމެ އިންސާފުވެރި ގޮތަކީ އަދި ރާއްޖޭގައި އަބަދުވެސް ކަން ކުރަމުންދާ ގޮތަކީ ލިބުނު ޕޮއިންޓްތައް ބަލާ ޕޮއިންޓު ތަރުތީބަށް އިސްކަން ދީގެން ފްލެޓް ހަވާލު ކުރުން.” އެ ސިޓީގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް މި ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ލިސްޓް އަދި ލިބުނު ޕޮއިންޓް އާންމުކޮށްފައި ނުވާ ކަމަށާއި ފްލެޓް ހަވާލުކުރާނީ ދިރިއުޅުމުގެ ހާލަތު ބަލާފައި ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައި ނެތް ކަމަށް ސިޓީގައި ވަނީ ބުނެފައެވެ. އަދި މިހާރު އެކަން ކުރާނެ ވަގުތެއް ވެސް ނެތް ކަމަށެވެ.

މީގެއިތުރުން 13،000 މީހުންގެ ތެރެއިން ވުޖޫދުގައިވާ 4،000 ފްލެޓް ދޭނެ މީހުން ކަނޑައަޅާނެ ވަކި އުސޫލެއް ހާމަ ކޮށްފައިނުވާ ކަމަށް އެ ސިޓީގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: