ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތަރައްގީއަށް 25 އަހަރުގެ މާސްޓާ ޕްލޭންއެއް ބޭނުންވޭ: އައްސަދު

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީއަށް އޮތް ހަމައެކަނި ގޮތަކީ 25 އަހަރުގެ މާސްޓާ ޕްލޭންއެއް ތައްޔާރުކުރުން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ 2023 ގެ ރައީސް ޕްރޮގުރާމްގައި އަސްއަދު ވިދާޅުވީ ހުރިހާ ޕާޓީތަކެއް އެކުވެގެން ރާއްޖޭގެ ތަރައްގީއާއި ދޭތެރޭ ވިސްނަންވެއްޖެ ކަމަށާއި، ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެކުލަވާކަހަލަ މާސްޓާ ޕްލޭންއެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

މިގައުމަށް ޖެހޭ އެންމެ ބޮޑު މައްސަލައަކީ ގައުމު ހުސްކޮށްލާއިގެންވެސް ބޭނުންވާ މަގުސަދު ހާސިލް ކުރުމަށް ސަރުކާރުތަކުން ކުރާ މަސައްކަތް ކަމަށްވެސް އަސްއަދު ވިދާޅުވިއެވެ. ގައުމު ކުރިއަށް އޮތް 25 އަހަރަށް އޮންނާނެ ގޮތުގެ ޕްލޭނެއެއް ރާއްޖޭގައި މިވަގުތު ތިބި ހުރިހާ ޕާޓިއެއް އެކުވެގެން ކުރަންވެއްޖެ ކަމަށާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެދޭނަމަ މިއީ މިއަދު ކުރަންވެފައިވާ ކަމެއް ކަމަށެވެ.

މިގޮތަށް އަމަލު ކޮށްފިނަމަ އެއްވެސް ސަރުކާރަކަށް ނުހުއްޓުވޭނެ. ޕްލޭންދާނީ ކުރިއަށް ދާގޮތަށް 25 އަހަރާއި ހަމަޔަށް.

އަސްއަދު ވިދާޅުވީ ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން އަންނަ ވެރިކަމުގައި ބަލަނީ އެ ވެރިކަމެއްގައި ތިބ ބަޔަކަށް މަންފާ ކުރެވޭނެ ގޮތަކަށް ކަމަށެވެ. ގައުމު ތަރައްގީި ކުރުމުގައި މަޝްރޫއުތަކަށް ވިސްނޭތަނެއް ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މި ފަދަ ޕްލޭނެއް ހެދިއްޖެނަމަ އެ ޕްލޭނެއް އަންނަ ސަރުކާރަކަށް ނުހުއްޓުވޭނެ ކަމަށާއި، ދާނީ ކުރިއަށް ކަމަށެވެ.

މިހާރެކޭ އެއްގޮަތަށް ކުދިކުދި ޕްލޭންތައް ހިންގޭނެ ކަމަށާއި، ނަމަވެސް މިއަދު ގައުމަށް ބޭނުންވަނީ ތަރައްގީ ކަމަށެވެ. އަސްއަދު ވިދާޅުވި މި ގައުމަކީ މި ސަރަހައްދުގައި އޮތް އެންމެ ތައުލީމީ ގާބިލް އަދި ވިސްނުންތެރި މީހުން ދިރިއުޅޭ ގައުމުކަމަށްވާއިރު މިފަދަ ކަންތައްތަކަށް ދިވެހިން ތިބީ ހޭލާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: