ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން އަންނަ އަހަރުން ފެށިގެން ދޭނަން: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުން ދޭނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެވެ.

ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގަައި ދިވެހިންނަށް ތަހުނިޔާ ފޮނުއްވަމުން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނަސްރުގެ ދުވަހުގެ މުހިއްމުކަން ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަ އަށް ދެއްވާނެ ކަމަށެވެ.

މި ސަރުކާރުގެ ފަސް އަހަރު ވެސް އެ ދުވަސް ފާހަގަ ނުކުރާތީ އާންމުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ ފާޑުކިޔުންތައް އޮތީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މީގެ ކުރިން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އެ ދުވަސް ފާހަގަކުރަން ސަމާލުކަން ނުދޭ ކަމުގެ ޝަކުވާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން އަންނަނީ ކުރައްވަމުންނެވެ.

1988 ނޮވެމްބަރު ތިނެއްގެ ހާދިސާގައި 19 ދިވެހިން ޝަހީދުވެ އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: