ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ އެ ދާއިރާއަކަށް ކުރިމަތިލުމަށް ދާއިރާގެ ދަރިއަކަށް ވާން ޖެހޭތަ؟

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގައި އެމީހަކު ކުރިމަތިލާ ދާއިރާގެ މީހަކަށް ވާންޖެހޭކަަމަށް މަޖިލީހުގެ ޤަވައިދުގައި ބުނެފައި ނުވާ އިރު، މެމްބަރުބަރު ކަމަށް ކުރިމަތިލާ މީހާގެ ޝަރުތަކުގެ ތެރޭގައި އެ މީހަކު ނިސްބަތްވާ ދާއިރާގެ ދަރިއަކަށް ވާކަން ލާޒިމެއް ނޫނެވެ.

ކަން މިހެން އިތް އިރު، ދާއިރާގެ ދަރިއަަކު ނޫން މީހަކު ދާއިރާއަށް ހޮވަން ދާރިއާއަށް ނިސްބަތްވާ މީހުން މަސައްކަތް ކުރުމަކީ ކޮން ކަހަލަކަމެއްތޯ ވިސްނާލުން މުހިންމެވެ.

މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށް އަދި އެ މަޤާމަށް ކުރިމަތިލާ މީހާ ކޮންމެހެން އެމީހަކު ނިސްބަތްވާ ދާއިރާއަށް ނޫން އިތުރު ދާއިރާއަކަށް ކުރިމަތި ލުމުގައި އޭނާއަށް ތާއިދު ނުކުރާ މީހުންގެ ނުފޫޒު ވަރަށް ވެސް ބޮޑަަށް ފޯރައެވެ. އާންމު އުސޫލުން ބަލާއިރު، ސިޔާސީ ޕާޓީތަކުން މަޖިލީހަށް ކުރިމަތިލާ މެމްބަރުންގެ ތެރޭގައި ވެސް ޕާޓީން ޕްރައިމަރީއެއް ބާއްވައިގެން ނެގޭ ވޯޓުން ދާއިރާތަކަށް މެމްބަރުން ކަނޑައެޅިގެން ދެއެވެ. އަދި ސިޔާސީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެމީހުން ނެރޭ ކެންޑިޑޭޓުންގެ ދިފާއުގައި ރަށްރަށަަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެއެވެ. އަދި މިކަމުގައި ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން އޮންނަ މިންވަރު އެންމެ ބޮޑަަށް ފެނިގެންދާ އިންތިޚާބަކީ ވެސް މަޖިލިސް އިންތިޚާބުކަން ފާހަގަކޮށްލެވެ އެވެ.

މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުންވެސް ގިނަ ބަޔަކު ވާދަކޮށް މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވާއިރު، މިއީ އެހާ ފަސޭހަ ކަމެއް ނޫންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ސަބަބަކީ ޕާޓީއެއްގެ ޓިކެޓްގައި ނިކުންނަ މީހާއަށް މާލީ ގޮތުން ކެމްޕޭން ކުރުމަށް ވެސް މާބޮޑު ފުރުސަތެއް ނުލިބެއެވެ.

މަޖިލިސް އިންތިޚާބުގައި އަބަދުވެސް ފާހަގަކޮށްލެވޭ އެއް ވާހަކައަކީ ދާއިރާގެ ދަރިއަަކަށް ދާއިރާ ތަމްސީލް ކުރުމަށް ފުރުޞަތު ލިބެންޖެހޭ ވާހަކައެވެ. މިކަމުގައި އެކި މީހުންގެ ވިސްނުން ތަފާތެވެ. ދާއިރާގެ ދަރިއަކު ހޮވައިގެން ދާއިރާއަށް ތަރައްޤީ ލިބޭނެކަމަށް ދެކެވޭ އިރު، ދާއިރާއަށް ނިސްބަތް ނުވާ މީހަކު ހޮވައިގެން އެ ދާއިރާއަށް އެއްވެސް ކަމެއް އެމީހާ ނުކޮށްދޭނެކަމަށް ގިނަ ބަޔަކަށް ހީކުރެވެއެވެ. މިހެން ދިމާވަނީ ވެސް ދާއިރާތަަކަށް ކުރިމަތިލާ މީހުންގެ ތެރޭގައި އޮންނަ ވާދަވެރިކަމާއި ދެކެވޭ ވާހަކަތަކުގައި އެކަކު އަނެކަަކަށް ދެވޭ ބަހުގެ ހަމަލާތަކުން މިކަންކަން ރައްޔިތުންނަަށް ދޭހަވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގާތްވެފައިވާއިރު، ދާއިރާއަށް ނިސްބަތް ނުވާ ކިތައް މެމްބަރުން އެބަތިބިހެއްޔެވެ. ޕާޓީތަކުން މެމްބަރުން ނަގާއިރު، އެމީހަކަށް ގިނަ ވޯޓް ލިބޭނެ ދާއިރާއަކަށް އައްޔަނު ކުރުމަށް ނިންމައެވެ. އަދި އެމީހަކަށް އެ ގޮނޑި ކަށަވަރުވާނެ ގޮނޑިއަކަށް ކުރިމަތިލައި ސިޔާސީ ނުފޫޒާއި އެކު ގޮނޑި ކާމިޔާބު ކުރެއެވެ.

މަޖިލިސް ގޮނޑިއަށް ކުރިމަތިލުމަށް ދާއިރާގެ ދަރިއަކަށް ވާން ނުޖެހޭއިރު، މަޖިލިސް ތަމްސީލް ކުރާ މެމްބަރުގެ ޤާބިލްކަމާއި އިހްލާސްތެރިކަމަކީ މީގައި އެންމެ މުހިއްމު ދެކަމެވެ. ކޮންމެ މީހަކަށް ވިއަސް އިހްލާސްތެރިކަމެއް ހުރީ ވިއްޔާ އެމީހާ އޭނާ ނިސްބަތްުވާ ދާއިރާއަށްވެސް ތަަރައްޤީ ގެނައުމަށް މަޖިލިސްގެ މަސައްކަތްތަކުގައި ވަކާލާތުކުރާނެއެވެ. މަޖިލީހުގައި އެ މެމްބަރަކު ތަމްސީލް ކުރާ ދާއިރާގެ ހައްގުގައު ވަކާލާތު ކުރާ މެމްބަރުން މަދުކަން މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަބަދުވެސް ދައްކާ ވާހަކައެވެ. ވޯޓު ހޯދަން ވީމާ ރައްޔިތު މީހާ ފެންނަ ވާހަކައަކީ ދިވެހިން އަބަދުވެސް ދައްކާ ވާހަކައެވެ. މިގޮތައް ރައްޔިތުންނަށް ބުނެވެން އޮންނާނީ ވެސް މިކަމުގައި ހަޤީގަތެއްވެސް ވާތީކަން ޔަޤީނެވެ. ވޯޓަށްފަހު ގިނަ މެމްބަރުން ދެން އަނެއްކާވެސް ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރާނީވެސް އަނެއް ދައުރުގެ އިންތިޚާބުގައި ވާދަކުރުމަށެވެ. ވޯޓް ހޯދުމަށެވެ.

މާލޭގައި އުޅޭ ދާއިރާއަށް ނިސްބަތް ނުވާ އެހެން ދާއިރާއަކަށް ނިސްބަތްވާ މީހަކަށްވެސް އެމީހަކަށް ތާއިދު ލިބޭނެކަމަށް ބެލެވޭ ދާއިރާއަކަށް ކުރިމަތިލާންވީއެވެ. މަޖިލީހުގެ ޤަވައިދުގައި މިގޮތައް ހިމަނާފައި ނުވުން މިއީ މިކަމަށް ބާރު ލިބޭ ކަމެކެވެ.

ކުރިއަށް ރައްޔިތުންގެ މަޖިލީގުގެ އިންތިޚާބު އޮތް އިރު، މިހާރުވެސް ބައެއް ފަރާތްތަކުން މިޖިލިސް އިންތިޚާބަށް ތައްޔާރީތައްވަމުން ދާއިރު، ދާއިރާއަށް ނިސްބަތްވާ ދަރިއެއް ނޫންކަމަށް ބުނެ ރައްޔިތުންނަށް ނުފޫޒު ފޯރުވުމަށް އެކި ކަހަކަ ވާހަކަތައް ފަތުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރިޕޯޓް ލިޔުމަށް ގިނަ ރައްޔިތުންތަކަކާއި ސުވާލުކޮށްލީމެވެ. ލިބުން ޖަވާބު ދެކޮޅަށްވެސް ބުރަވެއެވެ. ދާއިރާގެ ދަރިއަކު މަޖިލީހުގައި ހުރުމުން މެމްބަރާއި ވާހަކަ ދެއްކުމަށާއި އޭނާއަކީ ދަންނަ މީހެއްކަމުން އޭނާއަކީ ކާކުން އިނގޭކަމަށް ބުނެއެވެ. ދެން އޮތީ ދާއިރާ ނޫން މީހާގެ ވާހަކައެވެ. އެއީ ކާކު ކަމެއް ނޭންގުމާއި އެމީހަކު އެ ދާއިރާއަށް ނިސްބަތްވާ އެއްވެސް ރަށެއްގައި ދުވަހު ދިރިއުޅެފައި ނުވާކަމަށް ބުނެއެވެ. އެހެންކަމުން އޭނާއަށް އަހަރުމެން ރަށުގެ ކަންކަން އިނގޭނީ ކިހިނެއްކަމާއި އޭނާ ރަށަށްކޮށްދޭނީ ކޮން ކަމެއްތޯ ސުވާލު އުފައްދައެވެ. ރަށަކަށް ނުވަތަ ދާއިރާއަކަށް ކަމެއް ކޮށްދޭނީ ހަމައެކަނި އެރަށަަށް ނުވަތަ އެ ދާއިރާއަކަށް ނިސްބަތްވާ މީހެއް ނޫނެވެ. އެއީ އެމީހާގެ އިހްލާސްތެރިކަމެވެ. ޤާބިލްކަމެވެ. ކޮންމެ މީހަކުވެސް އަނެކާއަށް އެހީތެރިވެދީފާނެއެވެ. އެއީ މީހާގެ ގައިގައި ހުރި އިހްލާސްތެރިކަމެވެ.

މަޖިލީހަށް މެމްބަރަކު އައްޔަންކުރުމުގަބއި ވޯޓް ދިނުމުގައި ވިސްނަންވީ އިޙްލާސްތެރި ޤާބިލް މީހެއް ހޮވުމަށެވެ. ދާއިރާގެ ދަރިއަކަށްވިއަސް ހިތުގައި އިހްލާސްތެރިކަމެއް ނެތް މީހެއް ނަމަ، އެމީ އޭނާގެ ދާއިރާ ދިފާއުކޮށް ވަކާލާތު ކުރާނެކަމާއި މެދު ސުވާލު އުފެދެއެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހަ ދާއިރާއެއް އިތުރުކޮށްފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބީ 93 ދާއިރާ ހިމެނެއެވެ.

މަޖިލީހަށް އިތުރު ކުރި ހަ ދާއިރާގެ ތެރޭގައި

‏1- ހުޅުމާލެ މެދު ދާއިރާ
‏2- ހުޅުމާލެ އުތުރު ދާއިރާ
‏3- ހިތާދޫ ދާއިރާ (މާޅޮސް މަޑުލު ދެކުނުބުރި)
‏ހިތާދޫ، މާޅޮސް، ދަރަވަންދޫ
‏4- ހުރާ ދާއިރާ (މާލެ އަތޮޅު)
‏ހުރާ، ހިންމަފުށި، ގުޅީ
‏5- ކޮލަމާފުށި ދާއިރާ (ހުވަދުއަތޮޅު އުތުރުބުރި)
‏ކޮލަމާފުށި، ދެއްވަދޫ
‏6- ފޭދޫ އުތުރު ދާއިރާ (އައްޑޫ ސިޓީ)
‏ފޭދޫ، މަރަދޫފޭދޫ.

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: