ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގައި ހިންގަމުންދާ އަމަލުތައް ހުއްޓާލާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާއަށް އިސްރާއީލުން ހަމަލާދިނުން ހުއްޓާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ ރައްޔިތުން މަރާލާފައިވާއިރު، ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ އަމިއްލަ ޓްވިޓާރ އެކައުންޓު މެދުވެރިކޮށް އެ ގައުމުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކާއި ނަސްލެއް ނައްތާލުމުގެ ލާއިންސާނީ ޖަރީމާވެސް ހުއްޓާލަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކާއި ދުނިޔޭގެ ވިސްނުން ހިލާފުކަން ސާފުކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ގައުމުން އެ އަމަލުތައް ނުހުއްޓައިފިނަމަ ދުނިޔޭގެ ބާރުތަކުން އެ ގައުމާއި ދެކޮޅުވެދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: