އަންނަ މަހުން ފެށިގެން 1 ލީޓަރުގެ އަދި 1 ލީޓަރަށް ވުރެ މަދުން ފެން ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެއެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެ އަށް އެތެރެ ކުރުމާއި އުފެންދުން ވެސް މަނާ ވާނެ ކަމަށެވެ. އަދި އެ ތަކެތި ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރު މާޗު މަހުގެ އެކަކުން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބަދަލާ އެކު، މިހާރު ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ 500 މިލިމީޓަރުގެ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ 1 ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ އެ ތަކެތި މަނާކުރަމުންނެވެ.
1 ލީޓަރުގެ އަދި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި އަކީ އެ ލިސްޓުގެ ދަށުން ރާއްޖޭގައި މަނާ ކުރާ އެންމެ ފަހު ބާވަތުގެ ސިންގަލް ޔޫސް ޕްލާސްޓިކެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާފައި މިހާރު އޮންނަނީ މިދިޔަ އަހަރު އަމަލު ކުރަން ފެށި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް އެ ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއަށް އެތެރެކުރުން މިހާރު މަނާ ކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށްޓާއި، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅާއި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީއާއި، 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށްޓާއި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރާއި، 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަނާއި، 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި އަދި އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި ހިމެނއެވެ.
Announcement!📢 Import, production and sales of water packed in plastic bottles of 1litre and below will be banned starting from 01st December 2023 pic.twitter.com/RNWVo4kDUG
— Min. of Environment, Climate Change and Technology (@MoEnvmv) November 9, 2023