ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތަކަށް ފަހިކޮށް ހުވައާއި މެދު ސުވާލު އުފައްދަން އުޅުނީ ޑިމޮކްރެޓްސް: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްއިން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ދެކޮޅަށް ބަޣާވާތެއް ކުރުމަށް ރާވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބުރައީސް ނެތިވެސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެ ކޯޓުންވަނީ އިންތިހާބީ ރައީސްގެ ހުވައާއި މެދު ސުވާލު އުފައްދައި ގަވައިދު މާނަ ނުކުރެވޭނެކަމަށްވެސް ބުނެފައެވެ.

އިންތިހާބީ ރައީސްގެ ހުވާ ގަބޫލު ނުކުރާނެކަމަށް އެމްޑީޕީން ނެގި ނުކުތާއަށް ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ލާޒިމު ކުރާ އެއްވެސް ކަމަކަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށެވެ. ހުކުމާއި އެކު ރައީސް ނަޝީދު ވެސް ޓުވީޓެއް ކުރައްވައި ވިދާޅުވީ، އެމްޑީޕީއިން ހުވާކުރުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް ބޮޑު ރޭވުމެއް ރޭވިނަމަވެސް އެ ފެއިލްވެފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ މި ޓުވީޓަށް ރައްދު ދެއްވައި ނިހާދު ވިދާޅުވީ، އިންތިހާބީ ރައީސްގެ ހުވައާއި މެދު ސުވާލުު އުފެއްދުމަށާއި ބަޣާވާތަކަށް ފަހިކުރުމަށް ވެސް ޑިމޮކްރެޓްސްއިން މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމަށް ނިހާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނާކާމިޔާބު ވުމުން ހަޖަމު ނުވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ޑިމޮކްރެޓްސްއިން ފާޑުކިޔާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: