ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ސްޓާލިންކުގެ ހިދުމަތް ފަށައިފި!

ސްޓާލިންކު އެންޓަނާއެއްގެ ފޮޓޯއެއް: ސްޓާލިންކް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެލަން މަސްކުގެ ސްޓާލިންކް ކުންފުނިން އިންޓަރނެޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ސްޓާލިންކުގެ ސޯޝަލްމީޑިއާއިންވަނީ ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާކަން ހާމަކޮށް ޕޯސްޓެއްކޮށްފައެވެ. އަދި ހިދުމަތް ހޯދުމަށް ބޭނުންކުރާނެ ވެބްސައިޓުގެ ލިންކުވެސް ހިމަނާފައިވެއެވެ. ސްޓާލިންކުން ހާމަކޮށްފައިވާގޮތުން، އެ ކުންފުނީގެ އިންޓަރނެޓުގެ ހިދުމަތް ލިބިގަތުމަށް މަހެއްގެ މައްޗަށް ހިނގާނީ އެއް ހާސް ރުފިޔާއެވެ. އެއް ހާސް ރުފިޔާ ދެއްކުމުން މަހެއްގެ މައްޗަށް އަންލިމިޓެޑް ކޮށް ހިދުމަތް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ސްޓާލިންކުގެ ހިދުމަތް ލިބިގަތުމަށް ބޭނުންވާ ވަސީލަތްތަކުގެ އަގުވެސް އެ ކުންފުނިން ވެބްސައިޓުގައި ހިއްސާކޮށްފައިވެއެވެ. ހިދުމަތް ލިބިގަތުމަށް ބޭނުންވާ މީހުން އެއް ފަހަރެއްގެ މަތިން ދިހަ ހާސް ރުފިޔާ ދައްކަންޖެއެވެ. އެ ތަކެތި ރާއްޖެއަށް ފޮނުވައިދިނުމަށް ޝިޕިންގް ހަރަދެއްގެ ގޮތުގައި 350 ރުފިޔާ ހިނގާނެކަމަށްވެސް ބުނެފައިވެއެވެ.

ސްޓާލިންކުން ރާއްޖެއަށް ފޮނުވައިދޭނެ ވަސީލަތްތަކުގެ ތެރޭގައި އެ ކުންފުނީގެ ޑިޝް އެންޓަނާ އަދި ހަރުކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ރައުޓަރާއި އެކަމަށް ބޭނުންވާނެ ކޭބަލްތައްވެސް ހިމެނެއެވެ. މި ހިދުމަތުގެ ދަށުން 200 އެމްބީޕީއެސްގެ ސްޕީޑެއް ލިބޭނެކަމަށްށް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 32%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއްފަހަރާ ދައްކަންޖެހޭ އެމައުންޓް ބޮޑު ވީމަ އިންސްޓޯލްމެންޓް އަކައް ބަހާލެވޭނެ ގޮތެއް ވިއްޔާ ބަރާބަރުވާނެ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: