ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ސަރުކާރުގެ ފަންނުވެރިކަމުގެ ސިޔާސަތު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާން ޖީލުތަކުގެ ކުރިއެރުމަށް ގިނަ ވިސްނުންތަކެއް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އަދި ދިވެހި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ފަންނީ އެކި ދާއިރާތަކުން ފިޔަ ޖަހަމުންދާ ބައެއްކަމަށްވުމުން، ޕީއެންސީއިންވަނީ މެންފެސްޓޯގައި ރާއްޖޭގައި ފަންނުވެރިކަން ކުރިއަރުވައި އާލާކުރުމުގެ ގޮތުން ހާއްސަ ބައެއް ކަންކަން ކުރުމަށް ހިމަނާފައެވެ.

ފެޝަން ޑިޒައިނިންގ، ކެއްކުން، އެނިމޭޓުކުރުމާއި އެކްޓިންގ އަދި ޑްރާމާ ކުޅުން ފަދަ މަސައްކަތްތަކުގެ އިތުރުން، ކުރެހުންމާއި ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި މިއުޒިކް ފަދަ ޒުވާނުން ގަޔާވާ ދާއިރާތައް ހިމެނޭގޮތަށް ބައިނަލްއަގުވާމީ ފެންވަރުގެ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ގާއިމުކުރުމަކީ ޑރ މުއިއްޒުގެ ސަރުކާރުން ވެފައިވާ ވައުދެއްކަމަށްވާއިރު، ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ ފުރުސަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ގާއިމުކުރުމަކީވެސް އިންތިހާބީ ސަރުކާރުގެ އަމާޒެކެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެވެސް ހުނަރުހުރި، މިއުޒީޝަނުން ފެންނަމުންދެއެވެ. މިއަދު އެ ދާއިރާ ކުރިއަރައިގޮސް ބައެއް ޒުވާނުން ބައިނަލްއަގުވާމީ ޕްލެޓުފޯރމްތަކުގައިވެސް އެ މީހުންގެ އުފެއްދުންތައް ހިއްސާކުރަމުންދެއެވެ. އެހެންކަމުން އިންތިހާބީ ސަރުކާރުންވަނީ އެ މަސައްކަތްތަކުގައި ވާގިވެރިވުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބައެއް ކަންކަން ކުރުމަށް ކަނޑައަޅާފައެވެ. އެގޮތުން މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ފަންނާނުންނަށް ހާއްސަ ކޮށްގެން އާންމުކޮށް އެންމެނަށްވެސް ބޭނުންކުރެވޭނެ ގޮތަށް އެކަށީގެންވާ ރިކޯޑިންގް ސްޓޫޑިއޯ ގާއިމުކޮށްދިނުމަކީވެސް ސަރުކާރުން ކުރަން ނިންމާފައިވާކަމެވެ.

ކޮޕީރައިޓު ގާނޫނަށް އިސްލާހުގެނެސްގެންނާއި އެ ގާނޫނު ހަރުދަނާ ގޮތެއްގެ މަތިން ތަންފީޒުކޮށްގެން ދިވެހި އުފެއްދުންތެރިންގެ މުދައުތައް ރައްކައުތެރިކޮށްދިނުމަށްވެސް ކަނޑައަޅާފައިވާއިރު، ދިވެހި ޒުވާން ޖީލުތަކަށް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ތައުލީމު ލިބިގެންދާކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ކިޔަވައިދިނުމުގައި ގެންގުޅެމުންދާ އުސޫލުތަކަށް ބޮޑެތި ބަދަލުތައް އަންނާނެ އައު އީޖާދީ އުކުޅުތަކާއި ވިސްނުންތައް ތައާރަފްކުރުމަށްވެސް ރާވާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: