ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އެނބުރި މާލެ ވަޑައިގެންފި

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް އަންނަ އެކި ބަދަލުތަކާއި ގުޅޭ ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.

މިއީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ދުބާއީގައި ބާއްވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން އެމަނިކުފާނު ވަޑައިގެން ދަތުރެކެވެ. މިއަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އިއްޔައެވެ.

ރައީސް ނަޝީދު ދުބާއީއަށް މި ދަތުރު ކުރެއްވިއިރު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެބަ އޮތެވެ. އަދި މިއަދު މި މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރި ނަމަވެސް، ހެނދުނު ދަންފަޅި ނިންމާލީ މި މައްސަލަ ހުށައަޅާފައިވަނީ ގަވާއިދާއި ހިލާފަށްކަމަށް ނިންމައެވެ.

ނަމަވެސް މިއަދު 11:30 ގައި އަނެއްކާވެސް މި މައްސަލަ އެޖެންޑާކޮށް ޖަލްސާއެއް ތައާވަލުކުރިއެވެ. ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ވިދާޅުވީ މީގެ ކުރީ ޖަލްސާގައި ރިޔާސަތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ނިންމާފައިވާ މައްސަލައެއްކަމަށާއި، އެހެންކަމުން މި ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: