ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއްގެ ހަޔާތުގައި ފަނޑުނުވި ނަމެއް!

ދިވެހި ޖުމްހޫރީއްޔާގެ ފުރަތަމަ ރައީސް ރައީސް އިބްރާހިމް ނާސިރު، އަވަހާރަވީ ސިންގޫރުގަ،
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީހުގެ ތެރެއިން މި ގެނެސްދެވޭ އާޓިކަލް އަކީ ރާއްޖެއަށް އަގުނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކުރި ފަރާތެއްގެ ހިދުމަތުގެ ވާހަކައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އާދެ! ރައިސް ނާސިރުގެ ހިދުމަތުގެ ވާހަކައެވެ. އެމަނިކުފާނަށް ޝުކުރުވެރިކަމުގެ ލަފްޒުތަކުން ހިތްތައް އުތުރި އަރަންޖެހެއެވެ. ދިވެއްސަކަށް ވީތީ ކޮންމެ ދިވެހި ދަރިއަކު އެމަނިކުފާނަށް ޝުކުރުވެރިކަމުގެ ސަނާތައް އޮއްސަން ޖެހެއެވެ. ރައީސް ނާސިރުގެ ނަންފުޅަކީ ގައުމުގެ ދުލުން ފަނޑުނުވި، ނަަަމެކެވެ. އާދެ! އަދިވެސް ދިރިދިރި ހުރި ނަމެކެވެ.

ޏ. ފުވައްމުލަކަށް އުފަން އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައެވެ. އެއީ ހިޖުރައިން 23 ޞަފަރު 1345 ގައެވެ. ތުއްޕުޅުއިރު ދިރިއުޅުއްވީ ފުވައްމަލުގައެވެ.

ވެރިރަށް މާލެއާއި، ދެކުނުން 494.2 ކިލޯމީޓަރު ދުރުގައި އޮތް ޏ. ފުވައްމުލަކަށް އުފަން އިބްރާހީމް ނާސިރު ތުއްޕުޅުއިރުގެ ހަޔާތަށް ބަލާއިރު އުޅުއްވީ އެހާ ފުދޭ ދިރިއުޅުމެއްގައެއްނޫނެވެ. އާދައިގެ ނިކަމެތި ހާލުކޮޅުގައެވެ.

ތުއްޕުޅުއިރު މާލެ ވަޑައިގަތީ މަތީ ތައުލީމު ހާސިލް ކުރެއްވުމަށެވެ. ބޮޑުބޭބޭފުޅުގެ އަރިހުގައި ތައުލީމު ހާސިލް ކުރައްވަން ހުންނެވީއެވެ. މަތީ ތައުލީމު އުނގެނުމަށް ސިލޯނަށް ވަަޑައިގަތެެވެ. އިބްރާހިމް ނާސިރު އެންމެ ބޮޑަށް ޝައުގުވެރިވާ މަސައްކަތަކީ ކަނޑުމައްޗަށް ނުކުމެ ރިޔަލު ދޯނިން ރޭގަނޑު މަސްވެރިކަން ކުރުމެވެ. ކަނޑަށް ގަދަ އެބޭފުޅާ ގުދުރަތީ ފެހިކަމަށް ވަރަށްވެސް ލޯބި ކުރެވެ. އިބްރާހިމް ނާސިރު ހުސްވަގުތު ހޭދަ ކުރައްވީ ގޯތިތެރޭގައި ގަސްހެއްދާ ގަސް އިންދުމުގައެވެ. އަދި އެ މަނިކުފާނަކީ ފިލްމު ބެއްްލެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވި ބޭފުޅެއްވެސްމެ އެވެ.

މަތީ ތައުލީމު ހާސިލް ކުރެއްވުމަށް އިބްރާހިމް ނާސިރު ސިލޯނުން ކިޔަވާ ވަޑައިގަތުމަށްފަހު ރާއްޖެ ރާއްޖެ ވަޑައިގެން އެކި ވަޒީފާތައް އަދާ ކުރެއްވިއެވެ. އާދައިގެ ވަޒިފާއިން ފެށިގެން ގޮސް ރައިސް ކަމުގެ ތަޙުތާއި ހަވާލުވެ ވަޑައިގެންނެވިއެވެ. އިބްރާހީމް ނާސިރު ވަނީ ރާއްޖޭގެ ބޮޑު ވަޒީރުކަންވެސް ކުރައްވާފައެވެ. ރާއްޖެ ނުދެކޭފަދަ ތަރައްގީއާއި މިނިވަންކަމަށް މަސައްކަތް ކުރެއްވިއެވެ.

އާއިލާ

އިބްރާހިމް ނާސިރުގެ ބައްޕާ ފުޅަކީ ވެލާނާގޭ މުޙައްމަދު ދީދީގެ އަހުމަދު ދީދީ އެވެ. މަންމާފުޅަކީ ޏ. ފުވައްމުލަކު އާއިޝާ ދީދި އެވެ. އިބްރާހިމް ނާސިރު ކައިވެނި ބައްލަވައިގަތީ ތިން ބޭފުޅަކާއެވެ. އެގޮތުން އެ ކައިވެނިތަކަަށް ލިބިލެއްވީ 5 ބޭފުޅުނެވެ.

ހިކިފިނިވެންމާގޭ ނަސީމާ މުހައްމަދު ކަލޭގެފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވީ ދެ ބޭފުޅުންނެވެ. އެއީ އިސްމާއީލް ނާސިރާއި އައިޝަތު ނާސިރެވެ. މުހައްމަދު ނާސިރާއި އަލީ ނާސިރަކީ ބަގީޗާގޭ މަރިޔަމް ސައީދުއާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުނެވެ. އަދި ސޯސަންގޭ އައިޝަތު ޒުބައިރު އާއި ކައިވެނި ބައްލަވައިގެން ލިބި ލެއްވީ އަހުމަދު ނަސީރެވެ.

ވެރިކަމާއި ގުޅުން

ރާއްޖޭގެ މިނިވަންކަމުގެ ބާނީ އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރަު ސިޔާސީ މައިދާނުން ފެންނަންފެށީ ސުމުވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ވެރިކަމުން ދުރުކުރުމަށް ރައްޔިތުންނުކުމެ ކުރެއްވި މަސައްކަތަށް ފަހުގައެވެ. ރައީސް ނާސިރަށް ވުރެ ކުރިން ރާއްޖޭގައި ބޮޑުވަޒީރު ކަމުގައި ހުންނެވީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމުން އިބްރާހީމް ނާސިރު ރާއްޖޭގެ ބޮޑުވަޒީރު ކަމާއި ހަވާލުވިއެވެ. ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ޑިސެމްބަރު 12، 1957 ގައެވެ.

އޭގެ ފަހުން ވެރިކަމާއި ހަވާލުވެ ގައުމުގެ ތަރައްގީ އާއި، އާންމު ފަރުދުންނާއި ރައްޔިތުންގެ ކުރިއެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. ރައީސް ނާސިރަކީ އަމިއްލަފުޅަށް ރައީސް ކަމުގައި ހުންނަވައިގެންވެސް ،މަސައްކަތް ބައްލަވާލައްވާ އަމަލީގޮތުން ރާއްޖެ ބިނާ ކުރުޔުމަށް މަސައްކަތް ކުރެއްވި ބޭފުކެވެ. ހީވާގި މުރާލީ ބޭފުޅެކެވެ.

ހިދުމަތް

ރައީސް ނާސިރުގެ ދައުރުގައި ރާއްޖެއަށް ގެނައި އިންގިލާބީ ބަދަލުތަކުގެ ތެރޭގައި ފާހަނގަވަނީ ތައުލީމު ކުރިއެރުވުމަށް ކުރެއްވި މަސައްކަތެެވެ. ތައުލީމު ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިގިރޭސި މީޑިއަމް އަށް ކިޔަވެދޭން ގޮތް މަގުފަހި ކުރިއެވެ. ތާރީހުން އެނގޭ ގޮތުގައި އިގިރޭސި ތައުލީމު ރާއްޖެ މިޞްރާބު ޖެހީ 1957 ވަނަ އަހަރުގެ ތެރޭގައެވެ.

އިގިރޭސި ބަސް ކިޔަވައި ދިނުމައްޓަކާިއ، ބިދޭސީ ޓީޗަރުން ރާއްޖެ ގެނެސް ތައުލީމަށް އާ ދޮރެއް އެމަނިކުފާނު ހުޅުވިއެވެ. އަދި ބޭރުގެ އިމްތިހާނު ތަކުގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވެވޭނެ ގޮތް ވެސް ހައްދަވާދެއްވިއެވެ. އަންހެން ކަނބަލުންނަށްވެސް އެމީހުންގެ ގާބިލިއްޔަތުކަން ހުރި މިނވަރުން ވަޒީފާތައް ހުޅުވާލާ ވަޒީފާ ލިބޭނެ ގޮތް ހައްދަވާ ދެއްވި އެވެ. މިއީ އިބްރާހީމް ނާސިރުގެ ދުރުވިސްނުމާއި އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ކުރެއްވި ކަންތައްތަކެވެ.

ތައުލީމުގެ ތެރެއިން އިތުރު ހަރަކާތްތައް ވެސް ފެއްޓެވިއެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޑޭޓް ޙަރަކާތާއި ގަރލްގައިޑް ޙަރަކާތް ފެއްޓެވީވެސް ރައީސް ނާޞިރެވެ. އެއީ 1962 ހައިތަނެވެ. މި 2 ޙަރަކާތުގައިވެސް ފުރަތަމަ ކެޑޭޓުންނަށް ބަޑި ޙަވާލުކުރެއްވިއެވެ. ގައިޑުންނަށް ފުރަތަމަ ކޭމްޕް ބޭއްވުނީ ހުޅުލޭގައިއެވެ. އެއި 1964 ވަނަ އަހަރު ނޮވެމްބަރ މަހު 11 ވަނަ ދުވަހުއެވެ.

ހަމަ މިއާއިއެކު މިއަދު މިދެކޭ ތަރައްގީގެ އެންމެ އުސްހަރުފަތަށް ރާއްޖެ ވާސިލްވެވޭ ރަންބިސްއަޅާ ކުކުޅު ކަމަށްވާ ފަތުވެރިކަން ރާއްޖެއަށް ލޯހުޅުވާލަދީ އެމަގު ކޮށައިދިނީވެސް ރައީސް ނާސިރެވެ. އިގްތިސާދީ ގޮތުން ރާއްޖޭގެ ފުދުންތެރިކަން އިތުރު ކުރުމަށް އެމަނިކުފާނު ވަނީ ފަތުރުވެރިކަަން ރާއްޖެ އަށް ތައާރަފް ކުރައްވާފައެވެ. އެމަނިކުފާނަކީ ރާއްޖެ ނުދެކޭފަދަ އިދްތިސާދީ މާހިރެކެވެ. ދިވެހީންނާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި ކުރަން ހުރި ކަންކަން ވަރަށް ބައިވަރެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގައި ވިސްނި އެންމެ ބޮޑު ވިސްނުމެވެ.

ގައުމީ ހިދުމަތުގައި އެތައް ކަމެއްފާހަނގަ ވެފައިވާއިރު މިއަދު މި ރާއްޖެއިން ފެންނަން މި ހުރި ގިނަ ކަންތައްތަކަކީ ވެސް ރައީސް ނާސިރުގެ ބުއްދިއާއި، އަމަލީ ހިކުމަތުން ކުރެއްވި ކަންތައްތަކެވެ. އެގޮތުން އދ. މެމްބަރު ގައުމަކަށް ރާއްޖެ ހިމެނުއްވީ ރައީސް ނާސިރެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ތައާރަފް ކުރެއްވިއެވެ. އެއީ ރާއްޖެ އަށް ވަކި ހިއްޕާފައި ތިއްބެވި އިންޑިޔާގެ ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފައްސާލުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތެކެވެ. ބައިގަރުނަށްވުރެ ގިނަ ދުވަހު ވޯރާއިން ރާއްޖޭގައި ފެއްޓެވި މަސައްކަތް މުލުން ލުހެލާ ރާއްޖޭގައި ވިޔަފާރި ފުޅާ ކުރެއްވިއެވެ. އެގޮތުން ވޯރާއިން ރާއްޖެއިން ބޭރޮކޮށް މިހާރުވެސް ހިންގަވާ އެސްޓީއޯ ތައާފްކޮށް ރާއްޖޭގައި ވިޔަފާރި ފުޅާ ކުރެއްވިއެެވެ. އަދިވެސް ވިޔަފާރީގައި ފަނޑުކަމެއްނެތި ކުރިއަށްދާ އެއްސްޓީއޯ ވިޔަފާރީގެ ބާނީ އަކީ އިބްރާހިމް ނާސިރު ފިޔަވާ ދެވަނަ ދެ ބޭފުޅެއްނޫނެވެ.

ފަތުރުވެރިކަމާއި، ފެލިވަރު ފެކްޓްރިއާއި، ހުޅުލޭ އެއާޕޯޓާއާއި، މަސްދޯނިފަހަރަށް އިންޖީނު އެޅުމާއި، ރޭޑިއޯ ސްޓޭޝަނާއި، ޓެލެވެވިޒަން މޯލްޑިވްސް އާއި، ބޭންކިންގެ ހިދުމަތްވެސް ރާއްޖޭގައި ގާއިމް ކުރީ ރައީސް ނާސިރެވެ. ރައީސް ނާސިރު އެބޭފުޅާގެ ހިކުމަތު އަމަލީން ރާއްޖެ އެހެން މިސްރާބަކަށް ދަތުރުފެއްޓެވިއެވެ. އަދިވެސް ހިދުމަތް ނިމުނީކީ ނޫނެވެ. 26 ޖުލައި 1965 ގައި އިގިރޭސީންގެ ވަކިތަކުން ރާއްޖެއަށް މިނިވަންކަން ހޯދައި ދެއްވީސް ރައީސް ނާސިރެވެ.

އިނގިރޭސި ތައުލީމު ފެއްޓެވުމާއި އޭލެވެލް ތައާރަފް ކުރެއްވިއެވެ. އަތޮޅު ތައުލީމީ މަރުކަޒުތައް ގާއިމްކުރެއްވިއެވެ. އަންހެނުންނަށް ވޯޓުލުމުގެ ފުރުސަތު ހޯއްދެވިއެވެ. ނަރުހުން ތަމްރީނުކުރަން ފެއްޓެވިއެވެ. ރާއްޖޭގެ ފުރަތަމަ ފަހަރަށް ހޮސްޕިޓަލެއް ގާއިމްކުރެއްވިއެވެ. މޯލްޑިވްސް ޝިޕިންގ ލިމިޓެޑު ގާއިމްކުރައްވައި، ޝިޕިން ލައިން ފުޅާކުރެއްވިއެވެ.

ވެރިކަމުގެ ދައުރުގައި ރާއްޖެ މިނިވަންކަމަށް ކުރެއްވި މަސައްކަތް

އިބްރާހީމް ނާސިރު ފާހަނގަވަނީ ހަމަ އެކަނި އެއްކަމަކުން ދެކަމަކުންނޫނެވެ. ކުރިންވެސް ފާހަނގަ ކުރި ގޮތަށް  އެތައް ކަމަކުންނެވެ. އެމަނިކުފާނަކީ ރާއްޖެ އިގިރޭސީންގެ މުށުތެރެއިން އަމިއްލަ މިލްކުވެރިކަން ހޯދި ފަރާތްވެސް މެއެވެ. އައްޑޫ އިގިރޭސީންގެ އަޅުވެތިކަމުގައި ހޭދަވި ދުވަސްތަކުގައި ވެސް ވެރިކަމުގައި ހުންނަވައިގެން ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ބޭފުޅަކެވެ.

އެގޮތުން 100 އަހަރަށް އިގިރޭސީންގެ ބާރުގެ ދަށަށް އައްޑޫ ދީފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ރާއްޖެ އަށް ފުރިހަމަ މިނިވަން ކަމެއް ހޯދައިދެއްވީ ވެސް އެމަނިކުފާނެވެ.

އެގޮތުން އައްޑު އަތޮޅު އިގިރޭސީން ހިމާތުގެ ދަށަށް 100 އަހަރަށް ކުއްޔަށްދީފައި އޮތް އޮތުމަަށް ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލާ މަޖިލީހުގައި ވަކާލާތު ކުރެއްވިއެވެ. ރައީސް ނާސިރު އިސްވެހުރެ ފެއްޓެވި އެ މަސައްކަތް  ވެރިކަމާއި ހަމަޔަށް އައިސް އެގްރީމެންޓް އުވާލިއެވެ. އަދި އެ އެގްރީމެންޓަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނޭ އެގްރީމެންޓެއް ނޫންކަމަށާއި އެކަން އެ ގޮތަށް ކުރެވިގެން ނުވާނޭކަމަށް ވިދާޅުވެ އަޑު އުފުއްލަވާ އެކަން ނާކާމިޔާބުކޮށްލެއްވި މޭސްތިރިއާ އަކީވެސް ރައީސް ނާސިރެވެ.

ވެރިކަމުގެ ފަހުކޮޅު

ރައީސް ނާސިރު ވެރިމުގެ ފަހުކޮޅު ރައްޔިތުން އެމަނިކުފާނާއި ދެކޮޅަށް ނުކުންނެވިއެވެ. އެގޮތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ހަމަނުޖެހުން ހިންގިއެވެ. އެ ހަމަ ނުޖެހުން ކޮންޓްރޯލް ކުރެއްވީ ޖައްވަށް ފަޒާއަށް ބަޑި ޖަހައިގެން ކަމަށް ތާރީހުން ފެންނަން އޮވެއެވެ. އަދި އެ ހަމަ ނުޖެހުމުގައި ބައިވެރިިވި މީހުންނަކީ ކުށް ވެރިން ކަަމަށް ނިންމާ ބ. އަތޮޅު ގޮއިދޫ އަށް އަރުވާލިއެވެ. މިފަދަ ގިނަ ހާދިސާތައް ހިނގާފައިވާއިރު، ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއަކީ ވެސް ރައީސް ނާސިރުގެ ސަރުކާރުގައި ހިނގާފައިވާ ބޮޑު ހާދިސާއެކެވެ. އެހާދިސާގައި، ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ހަވަރަށްދީ ރަށުން ފައްސާލިކަމަށް ވެއެވެ. ތިނަދޫ ހަމަނުޖެހުމަކީ އެރަށުގެ ކަމުވޮށިވެގެންވާ ގިނަ ޢިއްޒަތްތެރި ބޭފުޅުން ދެކުނުގެ 4 އަތޮޅު، ދިވެހި ސަރުކާރާއި ވަކިވެ އަމިއްލަވެރިކަމެއް ގާއިމްކުރަން އުޅޭކަމުގެ ތުޙުމަތުގައި ރައީސް ނާސިރުގެ ސަރުކާރުން ހިންގި އަމަލެއް ކަމަށް ތާރީހުން އެނގެން އޮވެއެވެ.

ވެރިކަން ނިންމާލުން

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދެ ދައުރާއެކު ޖުމްލަ 21 އަހަރު ރާއްޖެއަށް ހިދުމަތް ކުރެއްވި ރައީސް ނާސިރު ގަބޫލު ކުރައްވާގޮތުގައި 10 އަހަރަށް ވުރެ ގިނަ ދުވަހަށް ރާއްޖޭގެ ވެރިކަމުގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ. އެގޮތުން ވެރިކަމުގައި 10 އަހަރު ހޭދަ ކުރެއްވުމަށްފަހު ރާއްޖޭން ބޭރަށް ވަޑައިގަތެވެ. އަދި ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރެއްވިއެވެ. އަވަހާރަވަންދެން ހުންނެވީ ސިންޕޫރުގައެވެ. އަވަހާރަވި އިރު އުމުރުފުޅުން 82 އަހަރެވެ. އަވަހާރަވީ 2008 ވަނަ އަހަރު ނޮވެމްބަރު 22 ވަނަ ދުވަހު ސިންގަޕޫރުގައެވެ. އެމަނިކުފާނުގެ ގަބުރުފުޅު ރަސްމީ އިއްޒަތުގައި ރާއްޖެގެނެސް ވަޅުލެއްވީ ގަލޮޅު ސަހަރާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: