ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ލޭ ނާރަށް އާ ދިރުމެއް ގެނެސްދޭނެ ދައުރަކަށް އަލި ވިލެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަކީ ދިވެހިންގެ ލޭ ނާރެވެ. ވެހޭހާ ވާރެއަކާއި ދޭހާ އައްވެއްގައި ތިބެ އެންމެ އެވޭލާ ޒަމާނުއްސުރެ ދިވެހިން ކާންބޯން ކުރި މަސައްކަތެވެ. މި މަސައްކަތަށް ހީނަރިކަމެއް އައުމަށް އެއްވެސް ދިވެއްސަކު ނޭދެއެވެ. ސަބަބަކީ މިއީ ދިވެހިންގެ އިގްތިސާދުގެ ދެވަނަ ސިނާއަތް ކަމުގައިވާތީ އެވެ.

ލޯބޯ ފިއްސައިގެން ދިވެހި މަސްވެރިން ކުރި މި މަސައްކަތް މިއަދުގެ ޖީލާއި ހަމަޔަށް ވާރުތަވިއިރު، ޒަމާންވަނީ ބަދަލުވެފައެވެ. ނަމަވެސް މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިންތިހާއެވެ. މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފަވެއެވެ.

އެގޮތުން ސަރުކާރުތަކުން ކުރެވޭ މަސައްކަތްތަކުގައި ވެސް އެންމެ އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށް މަސްވެރިން ތަކުރާރު ބުނެއެވެ. ކަން މިހެން އޮތުމުން މި ކަމަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ ޝަކުވާތަކާއި އެކު އާ ސަރުކާރުގެ މެނިފެސްޓޯ ގައި ހިމަނާފައިވާ ކަންތައްތަކަކީ މަސްވެރިންގެ އުއްމީދުތަކަށް ފިނިކަމެއް ލިބިގެންދާނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ.

މަސްނުކިރިގެން ހަފްތާ ދެހަފްތާވަންދެން މަސްވެރިން ކަނޑުމަތީގައި ކިއު ނަމްބަރުގެ ތަރުބީބުން ނަމްބަރު ޖެހެންދެން ތިބި ދުވަސް ވެސް ހިނގައްޖެއެވެ. ނަމަވެސް އެ ދުވަސް މާޒީ އަށް ހާދާނެ ކަމުގެ ޔަގީންކަން ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. ޑރ. މުއިއްޒުގެ އުއްމީދީ މެނިފެސްޓޯގައި އޮތީ މަސްވެރިންނަށް އުފާވެރި ހަބަރެކެވެ. މަސް ކިރާ ވަގުތުން ފެށިގެން ލަސްވެގެން 48 ގަޑިއިރު ތެރޭ މަސްވެރިއާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާދެވޭނެ ކަމަށެވެ.

މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދާ އެ ކުންފުޏަށް މިފްކޯއިން ހިއްސާއެއް ކަނޑައަޅާ އެ ކުންފުއްޏަކީ މަސްވެރިން ތަމްސީލް ކުރާ ހިއްސާދާރުންގެ ގޮތުގައި މިފްކޯގެ ބޯޑްގައި ހިމެެނުމެވެ. އަދި އެކޯޕަރޭޓިވް މެދުވެރިކޮށް މިފްކޯ ހިންގުމުގައި މަސްވެރިންގެ ސީދާ އަޑު ބޯޑަށް ފޯރު ކޮށްދީ މިފްކޯގެ ހިއްސާ މަސްވެރިންނަށް ލިބޭނެ ނިޒާމެއް ގާއިމް ކޮށް، ކޯޕަރޭޓިވް ލަފަޔާއި އެއްގޮތަށް މަސްވެރިން ކިރާ މަހުގެ އަގު ޑޮލަރުން ދެވޭނެ ފަދަ ގޮތަކަށް ނިޒާމު އިސްލާހުކޮށް ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުމެވެ.

ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެ ގުނަކޮށް މަސްވެރިކަމަކީ ވަޒީފާއެއް ކަމުގައި ކަނޑައެޅުމާއި، މަސްވެރިކަން ބޭންކިން ރޭޓިންގެ ކުރެޑިޓް ރޭޓިންގެ ތެރެއަށްފައްތާ މާލީ އިދާރާތަކުން ލޯނު ލިބޭނެ ފުރުސަތުވެސް ފަހިކުރެވޭނެ ގޮތްވެސް ކަނޑަޅިފައި ވެއެވެ. މަހުގެ ވިޔަފާރި ކުރާނެ ގޮޅިތަކާއި މަސް މުބާރާތް ރާވާ ހިންގާނެ އިދާރީ އޮފީހަކާއި، ރެސްޓޯރެންޓްފަދަ ކެފޭތަކާއި، އަދި މަސްވެރުކަމާއި ގުޅޭ ތަކެތި ވިއްކާ، ބާބަކިއު ހެދޭނެ އިންތިޒާމާއިއެކު ސްޕޯޓް ފިޝިން ހާބާއެއް ވެސް ގާއިމު ކުރެވޭނެ ކަމަށް ވެއެވެ.

ހަމަ މިއާއި އެކު ހޮންކޮންގްއާއިއެކު ހެދިފައިވާ މިނިވަން ވިޔަވާރީގެ އެއްބަސްވުންތަކުގެ ތެރެއިން މަސްބޭރު ކުރަން ފެށުމާއި އެކު އެފަދަ ބޮޑެތި އެހެން މާކެޓްތައް ފާހަނގަކޮށް އިތުރު އެެއްބަސްވުންތައް ގާއިމު ކުރެވޭނެއެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލަށް ރިއާޔަތް ކޮށް ރާއްޖޭގައި ރޯ މަސް ގަންނަ އަގަކީ ކިލޯ އަކަަށް 20 ރުފިޔާ ކަމުގައި ހަމަޖައްސާ އާރުއެސް ސިސްޓަމްގެ އޮޑިފަހަރުގައި ލުއިލޯނު ދޫކޮށް ފެލިވަރާއި ކުޑޫގައި ހުރި މަސްފެކްޓްރީތައް އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ދ. މާދެލީގައި އެ ސަރަހައްދުގެ މަސްވެރިންގެ ފައިދާ އަކަށްޓަކައި، އާ މަސްފެކްޓްރީ އެއްވެސް ގާއިމް ކުރެވޭނެގޮތް ވަނީ ކަނޑައަޅާފަ އެވެ.

މަސްވެރިކަމުގެ ތެރެއިން ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ވެސް ނަފާ ލިބޭ މަސްވެރި ކަމެވެ. އެ މަސްވެރިކަމުގައި ބާނާ މަސްކިލޯ އަކަށް 80 ރުފިރާ ހަމަޖައްސައި، ކޮލިޓީ ރަނގަޅު މަސްނަމަ ކިލޯ އެއްގެ އަގަކީ 100 ރުފިޔާ ކަމަށް ހިމަނާފައި ވެއެވެ. ހަމަ މިއާއި އެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭ އާ މަސް މާރުކޭޓެއް މާލޭގައި ތަރައްގީ ކުރެވި ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރުގެ އަގުހުރި އިނާމުތައްލިބޭ މަސްރޭހެއް ބޭއްވުމަށް ވެސް ނިންމާފައި ވެއެވެ.

މަސްވެރިން އައިސް ނުލިބި އުފުލަންޖެހުނު ތަކުލީފަށް ލުއެއް ހޯދުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި ވެސް އެ އަތޮޅަކަށް ބޭނުންވާ ގަނޑުފެން ލިބޭނެ މަަސް ޕްލާނެޓެއްވެސް ލިބޭނެ ކަމަށާއި، ރޭޓެއް ކަނޑައެޅި މަސްވެރިންނަށް އެސްޓީއޯ މެދުވެރިކޮށް ބޭސް ނެގޭނެ އިންތިޒާމާއި، ތެޔޮ ލިބޭނެ ގޮތްވެސް ކަނޑައެޅިފައި ވެއެވެ.

މަސްވެރިންނަށް ހާއްސަ ކޮށްގެން އެންކަނދުފަތި ފުޅާކުރުމާއި އެކު ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ވެސް ގާއިމް ކުރެވޭނެ ކަމަށާއި، ރާއްޖޭގެ ދެކުނުގައި ޑީކޮމްޕްރެޝަން ޗެމްބަރެއް ގާއިމް ކޮށް އެ ޗެމްބަރު ބެހެއްޓެނީ ހުވަދު އޮތޮޅާއި އައްޑޫގައެވެ.

ޒަމާނީ ޓެކޮނޮލޮޖީއަށް ހުޅުވިފައިވާ މި ޒަމާނަށް ފެތޭ ގޮތަށް މަސް އައިނު ހޯދުމުގެ މަރުކަޒީ ނިޒާމެއް ގާއިމް ކޮށް، އޭގެ ފައިދާ މަސްވެރިންނަށް ލިބޭނެ މަގުވެސް ކޮށާލެވޭނެއެވެ. އަދި ހަމަ މިއާއެކު މަހުން އުފައްދާ ބާވަތްތަކާއި ސީފުޑް ބާވަތްތައް ތަައްޔާރުކޮށް އުފެއްދޭނެ ނިޒާމެއްގެ ދަށުން  ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ކުރެވިގެން ގާއިމް ކުރެވޭ އޮންލައިން ޕްލެޓްފޯމެއް ތައާރަފް ކުރެވި އޭގެ ފައިދާވެސް އަންހެނުން ޝާމިލްވެވޭނެހެން ލިބިގެންދާނެއެވެ. ވަދު ބައްތެލި ފަހަރާއި، ޑިންގީތަކަށް ހާއްސަ ކުރެވިގެން އެކަށައެޅޭ ސަރަހައްދުގައި ކަނދުފަތި އެޅި އައިސް ޕްލާންޓްތަކުގައި އައިސް ހުރިވަރު ބަލާލެވޭ އޮންލައިން ޕޯޓަލް އެއްވެސް ތާރަފް ކުރެވޭނެއެވެ.

މަސްވެރިކަމުގެ ތެރެއިން ޑައިވިން ކުރަން ކޮންމެހެން ޖެހޭ އިރު، އެކަމަށް ރަނގަޅު ގޮތުގައި ތަމްރީން ވެފައިވާ މީހުން ނެތުމުގެ ސަބަބުން ގިނަފަހަރަށް މަސްވެރިން މި ދުނިޔެއިން ވަކިވެފައިވެސް އެބަ ހުއްޓެވެ. އެހެންކަމުން އެކަމުން ހައްލެއް ހޯދުމުގެ ގޮތުން ރަޖިސްޓްރީ ކޮށްގެން ދުއްވާ ކޮންމެ އޮޑިއެއްގެ ފަޅުވެރިއަކަށް ޑައިވިން ފެންވަރުގެ ސަނަދެއް ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ހަމަ މިއާއެކު މަހުންތައްޔާރު ކުރާ ތައްޔާރީ ކާނާ ބަންދުކުރުމުގެ މައުލޫމާތު އާންމުކުރުމުގެ ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތަކެއްް ހިންގުމާއި އެފަދަ ވިޔަފާރިތައް އަލަށް ފަށަން ޝައުގުވެރިވާ ފަރާތްތަކަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ލިބޭނެ ނިޒާމެއްވެސް ތައާރަފް ކުރެވޭނެ ކަމަށާއި، ބޭރު ދުނިޔޭގެ މާކެޓްތަކުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިސްތިހާރުކޮށް ވިޔަފާރި ފަހި ކޮށްދޭނެ މާކެޓީން އެޖެންސިއެއް ގާއިމު ކުރުމުގެ އިތުރުން ފަރުމަސް އާލާ ކޮށްދޭނެ ޓްރައިނާސް ތަމްރީނު ކުރުން ހިމެނެއެވެ.  އަދި އެކަމަށް ބޭނުންވާނެ ހެޗަރީތައް ގާއިމް ކޮށްދީ އެގްރިކަލްޗާގެ ހުނަރުތައް ގިނަ ޒުވާނުންނަނަށް ދަސްކޮށްދީ އެދާއިރާގެ ވިޔަފާރިތައް ފުޅާ ކުރަން ބާރު އެޅުންވެސް ހިމެނެއެވެ.

ހަމަ އެހެންމެ ގިނަ ދުވަހަށް ރާއްޖޭގައި މަސްވެރިަކން ކުރާ މީހުން ދެނެގަނެ އެމީހުންނަށް ހިތްވަރު ދިނުމާއި އެކު، ފަރުމަހުގެ އާބާދީ އިތުރުވަނެ ގޮތުގެ ދިރާސާއެއް ކުރެވުންވެސް ހިމެނެއެވެ. އަދި އައްޑޫ ސިޓީ މީދޫގައި މިހާރުވެސް ހުރި ޕްލާންޓް ޒަމާނީ ކޭނިންގް ފެކްޓްރީ އަކަށް ބަދަލުކޮށް 500 ވަޒީފާވެސް އެތަނުން އުފައްދާ އެ ކޭނިން މެދުވެރިކޮށް ގިނަ މަސައްކަތްތައް ދިވެހިންނަށް ހޯދައިދެވޭނެއެވެ.

މިއީ ޑރ، މުއިއްޒުގެ ސަރުކާރުގައި މަސްވެރިކަމަށް ދެވޭ އަހައްމިއްޔަތު ކަމެވެ. ދިވެހި ލެއާއި ގުޅިފައިވާ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރކަން ކުރިއެރުވުމަށް ވިސްނާފައިވާ ފަސް އަހަރުގެ ޕްލޭނުގެ ހިމެނޭ މުހިންމު ކަންތައްތަކެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަންދީފި ކަމުގައިވާނަމަ މަސްވެރިންގެ ޖީބުތައް ބޮޑުވެ ގައުމުގެ އިގްތިސާދު އިހުނައްވުރެ ބޮޑަށް ކުރިއަށް ދާނެކަންޔަގީންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: