ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ ހިތްހަމަނުޖެހުން ނިއުޝާއަށް؛ ބޭރުކުރި ގަރާރެއް އެޖެންޑާކޮށް، ޖަލްސާއަށް ގޮވުމުގެ ބާރެއް ނެތް

މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ (ފޮޓޯ/ މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހެޅި ގަރާރަކީ މިވަގުތު ނިޒާމުގައި ނެތް މައްސަލައަކަށް ވާތީ ރިޔާސަތު ނިންމާފައިވާ ނިންމުމެއް ނަފީ ކުރުމަށް ފަހު އެ މައްސަލަ އަލުން އެޖެންޑާކޮށް ޖަލްސާއެއް ބޭއްވުމުގެ ބާރު އަމީން އާންމުއަށް ލިބިގެން ނުވާކަމަށް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހަޅާފައިވާ މައްސަލަ އެއްވެސް ގޮތަކަށް ކުރިޔަށް ނުގެންދެވި މަހަކާއި ގާތްވެ އެންމެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް އީވާކަމަށް އަމީން އާންމު ފާތިމަތު ނިއުޝާ ނިންމެވި ނިންމެވުމާއި ދެކޮޅަށް މައްސަލަ ވެއްދުމުން ހުކުމް އައީ އެމްޑީޕީއާއި އެއްކޮޅަށެވެ.

އީވާ ނޫން ހުއްދަ އޮންނަ އިތުރު ބޭފުޅުންނަށް ވެސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ. އެކަމަކު ޖަލްސާ އެޖެންޑާ ކުރުމުން ރިޔާސަތާއި ހަވާލުވެ އީވާ ވަނީ، އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ދެކޮޅު ހައްދަވާފަ އެވެ.

ނަޝީދުގެ ގަރާރު މަޖިލީހުގެ ގަވައިދާއި ހިލާފުކަމަށް ނިންމައި، ރިޔާސަތުގައި ހުންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެ މައްސަލަ ބޭރު ކުރުމުން އީވާ ވިދާޅުވީ ދެން އެ ގަރާރު އަލުން އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.

މިއަދު މަޖިލީހަށް ދެ ޖަލްސާއެއް އެޖެންޑާ ކުރިއިރު، އެއްވެސް ގޮތަކަށް ޖަލްސާތައް ކުރިޔަށް ނުގެންދެވުނެވެ. އަދި މެމްބަރުން ތަކުރާރުކޮށް ގޮވާލަމުން ދިޔައީ އީވާއަށް ޖަލްސާގެ ރިޔާސަތުގައި ނުހުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުވި ސިޓީއެއްގައި، ވަނީ އިތުބާރު ނެތްކަމުގެ ގަރާރަކީ މަޖިލީހުގެ ގަވައިދު ބުނާ ގަރާރުގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ސިޓީގައި އީވާ ވިދާޅުވެފައި ވަނީ، މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރި ނުވާ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއިން ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަރާތްތަކާއި، މަޖިލީހުގެ ރިޔާސަތު ހަވާލުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އަމީން އާންމަށް ލިބިގެން ނުވާކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިވަގުތު މަޖިލީހުގެ ނިޒާމުގެ ތެރެއަކު ނުވެއެވެ. މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން ވަކި ގޮތެއް ކަނޑައަޅައި ނިންމުމެއް ނިންމުން، އެ ނިންމުން ނަފީކޮށް މަޖިލީހުގެ އަމީން އާންމު އެހެން ގޮތަކަށް އެ ނިންމުން މާނަކުރައްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަލުން އެޖެންޑާ ކުރައްވައި ޖަލްސާއަށް ގޮވުމުގެ ބާރު އަމީން އާންމަށް ލިބިގެން ނުވާކަން ފާހަގަކުރަމެވެ.

އީވާ ވިދާޅުވީ މަޖިލިސް ހިންގުމުގެ ހުރިހާ ކަމެއްގެ ގާނޫނީ ލަފާ ދެއްވާނީ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކަމަށެވެ. އެކަމަކު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފާ ހޯދުން ގޯސްކަމަށް ވިދާޅުވެ، ސިޓީގައިވަނީ ބަންޑާރަ ނައިބަކީ ކޯޓިތަކުގައި މަޖިލިސް ތަމްސީލު ކުރާ ފަރާތް ނަމަވެސް މަޖިލީސް ހިންގުމުގެ ކަންކަމުގައި ލަފާ ހޯދުމަށް ނުވަތަ ލަފާ ދޭން ގަވައިދު ތަން ނުދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: