ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން މަސައްކަތްކުރީ މައްސަލަ ދަންމަން: ރައީސް ނަޝީދު

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން މަސައްކަތްކުރަމުންދިޔައީ މައްސަލަ ދެންމުމަށްކަމަށާއި ޑިމޮކްރެޓްސްއިން މަސައްކަތްކުރީ މައްސަލަ ނިންމުމަށްކަމަށް މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދުވަނީ އެމަނިކުފާނު އިސްތިއުފާދެއްވި ސަބަބާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެސީކަމަށް ކިޔާ އުސޫލުތަކާއި ނިޒާމުތަކަކީ ރޯމަން ޒަމާނުއްސުރެ ފުރޮޅެމުން އަންނަ އުސޫލުތަކާއި ނިޒާމުތައް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އޭގެ ތެރޭގައި އެންމެ ބޮޑަށް ހިންގަންޖެހޭ އެންމެ ބޮޑު އެއްކަމަކީ ޕްރޮސެސްއެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮސެސް ހިންގާއިރު ހުންނަނީ ދަމާ ކެނޑުމުގެ އުސޫލުތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއިން ހަރަކާތްތެރިވަމުންދިޔައީ ސްޓްރެޓީޖިކް ކޮށްކަމަށާއި އެ ޕާޓީއިން މައްސަލަ ދެންމުމަށް މަސައްކަތްކުރި އިރު، ޑިމޮކްރެޓްސްއިން މަސައްކަތްކުރީ އެމްޑީޕީއިން ކުރަމުންދިޔަ މަސައްކަތްތައް ނިމުމަކަށް ގެނައުމަށްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްއިން މަސައްކަތްކުރަމުންދިޔައީ އެމްޑީޕީއިން އަގުލަބިއްޔަތު ބޭނުންކޮށްގެން ކުރަމުންދިޔަ މަސައްކަތްތަކެއް ހުއްޓުމަކަށް ގެނައުމަށްކަމަށާއި މި ދައުރުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރެވުނުކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: