ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުވަނީ، އެމަނިކުފާނު އިސްތިއުފާ ދެއްވިކަން ރަސްމީގޮތުން މަޖީލިހުގެ އިދާރާއަށް ސިޓީއިން އަންގާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހިނގަމުންދާ މައްސަލައިގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާއިމެދު ވިސްނާފައިވާކަމަށާއި އެމްޑީޕީއިންވަނީ ޑިމޮކްރެސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގާފައިކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ފަހަރެއްގެ މަތިން މައްސަލަ ހުށައަޅައި އެމްޑީޕީއިން ގެންދަނީ މަޖިލީހު ބާރުތައް އަބަދަށް ހަނިވެގެންދާ ފަދަ އަމަލުތަކެއް ހިންގަމުންކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދަކީ މެމްބަރުން އެކުލަވާލާ ގަވައިދެއްކަމަށްވާއިރު، އެ ގަވައިދާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ގޮސް އެމްޑީޕީއިންވަނީ މެމްބަރުނަށް ކަނޑައެޅިގެން ލިބިފައިވާ ބާރެއް ހަނިކޮށްފައިކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުުގެ ކޮމިޓީއަކުންވަނީ މަޖިލީސް ހިންގުމާއި ގުޅޭގޮތުން ބަންޑާރަ ނައިބު ލަފާ ހޯދާފައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއިން ހިންގާފައިވާ އަމަލުގެ ބިރުވެރިކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެންދާކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުން މަޖިލީހުގެ ކަންކަމުގެ ތެރެއަށް ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތުތަކެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ ހުކުމްތައް ސިޔާސީވުމަށް މަގުފަހިވެގެންދާކަމަށް ބުނެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި މަޖިލީހުގެ ތަަޅުމާއި މަޖިލީހުގެ ބޭރުން ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވާކަމަށާއި މައްސަލަތައް ހައްލުކުރަންވާނީ އެކަކު އަނެކާއަށް އިހުތިރާމުކޮށް ގައުމުގެ މަސްލަހަތު އިސްކޮށް ދޫދީގެންކަމަށްވެސް ބުނެފައިވާކަމަށާއި އެކަމުގެ ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނެތުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންނަަމަވެސް ސުޕްރީމް ކޯޓުގެ ބަހާއި އަމަލާއި ދިމާނުވާކަމަށްވުމުން ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން އަމަލުކުރަމުންދަނީވެސް ހިތާމަހުރި ގޮތަކަށްކަމަށާއި އެ ޕާޓީއިންދަނީ ދިވެހި ރައްޔިތުންނަށް ބޭއިންސާފުވެރިވަމުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރިޔާސަތުގައި ހުންނަވައިފި ހާލަތެއްގައި އެމްޑީޕީއިން މަޖިލީހަށް ދެމުންދާ ގެއްލުންތައް ބޮޑުވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެހެންކަމުން އިސްތިއުފާ ދެއްވާކަަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: