ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު: އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ސިޔާސަތެއް ގެންގުޅުއްވާ ލީޑަރެއް!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ ނާޒުކު ފައްތަރެއްގައިކަން، މާލީ ހާލަތާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުން ސާފެވެ. ދަރަނީގެ އަދަދުތައް އިންތިހާ މަތީގައި ހުރިއިރު، ދިވެހިރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި ހުރި ފައިސާގެ އަދަދުތައް ހަތަރު ދުވަހަށް ދިވެހިރާއްޖޭގައި ހަކަތަ އުފެއްދޭނެ މިންވަރަށް ދަށްވި ވާހަކައިގެ އިތުރުން ދިވެހިރާއްޖޭގައި ސަރުކާރު ހިންގާ ކޮންމެ ދުވަހެއްވެސްގައިވެސް ލިބޭ އާމްދަނީ އާއި ބަލައި ކުރާ ހަރަދުތައް އިތުރުވެ ޑެފެސިޓުވެގެންދާކަމުގެ ވާހަކަތައްވެސް ދެކެވިފައިވެއެވެ.

އެ ގެއުމުގެއްގެ މާލީ ހާލަތާއި އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި ނުސާދާކޮށްވެސް ގުޅިފައިވާކަމަށްވުމުން، މިހާރު އޮތް ހާލަތުން އަރައިގަތުމަކީ ކޮންމެހެންވެސް މިވަގުތު ކުރަން ޖެހިފައިވާ މުހިންމު މަސައްކަތްތަކެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއިމެދު އުފެދިފައިވާ ސުވާލު އުފެދިގެންދިއުމަށް ޖާގަ ލިބިގެންދިޔަ މައިގަނޑު ސަބަބަކީވެސް މާލީ ނާގާބިލުކަމެވެ. އަވައްޓެރި ގައުމެއް ނުވަތަ ބައިނަލްއަގުވާމީ މުއައްސަސާތަކާއި ޖަމިއްޔާތަކުން ދެމުންދާ އެހީތަކުން އުފައްދާފައިވާ ދަނޑިގަނޑެއްގެ މަތީގައި ރާއްޖޭގެ ރައްޔިތުންގެ ކުރިމަގު ލައްކޮއްލައިގެން ތިބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދި، ގައުމުގެ ކުރިމަގާއިމެދު ސުވާލު އުފެދިގެންދިއުމެވެ.

އެހެންކަމުން ރާއްޖެ މިވަގުތު އޮތް މާލީ އަނދަވަޅުން އަރައިގަނެ، ހަރަދުކުރާ ޓެކްސް ފައިސާ އާއި އެއް މިންވަރަރަށް ރައްޔިތުންނަށް ރިޓާނެއްގެ ގޮތުގައި އެކަށީގެންވާ ފެންވަރު ހިދުމަތްތަކަކާއި ދިރިއުޅުމުގެ ލުއިތަކެއް ލިބިގެންދާނެ މަގަކުން ކަންކަން ގެންދިއުމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ތަހުތާއި ހަވާލުވާ އިންތިހާބީ ސަރުކާރުގެ މައްޗަށް އެޅިފައިވާ ބުރަ އެހެން ނަމަވެސް މުހިންމު ޒިންމާއެކެވެ.

ޑޮލަރު ލިބުމުގެ ދަތިތައް ކުރިމަތިވުމުގެ އިތުރުން ޑޮލަރުގެ އަގު ބޮޑުވަމުންދިއުމަކީވެސް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ޖެހިފައިވާ ދައްޗެކެވެ. އައު ސަރުކާރުންވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ސިނާއަތަށާއި މާލިއްޔާތަށްވެސް ފައިދާ ވާނެ ފަދަ ގޮތަކަށް ރާއްޖެއަށް ވަންނަ ޑޮލަރު މެނޭޖު ކުރުމުގެ ގޮތުން ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އެގޮތުން ޑޮލަރުގެ ދަތިކަން ހައްލުކޮށް، ޑޮލަރުގެ ކަޅު ބާޒާރު ކުޑުރުމަކީ ކުރާނެ މަސެއްކަތެއްކަމަށް ކަނޑައަޅާފައިވާއިރު، އަގުތައް ކަނޑައަޅާ މިންގަނޑުގެ ތެރެއަށް ފައްތައި ހިފެއްޓުމަކީވެސް މެނެފިސްޓޯގައި ހިމަނާފައިވާ މަސައްކަތެކެވެ.

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ގާއިމުކުރުމަށް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވެއެވެ. ބޭރު އިންވެސްޓުމެންޓުތަކުން އިގްތިސާދަށް ބޭރު ފައިސާ ވައްދައި އިގްތިސާދުގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް ދައުރުވުމުން ނޫނީ އެ އިންވެސްޓުމެންޓުތަކުން ލިބޭ ފައިސާ ގަނޑުކޮށް ރާއްޖެއިން ބޭރަށް ނުގެންދިއުމަށް ބާރު އެޅޭ ގޮތަކަށް ގާނޫނާއި ސިޔާސަތުތައް އިސްލާހުކުރުމަށްވެސް ރާވާފައިވެއެވެ.

ރާއްޖޭގައި އެކި ހިދުމަތްތައް ދިނުމަށާއި މަސައްކަތްތައް ކުރުމަށް ވުޖޫދުކުރެވިފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނީގެ މައްސަލައަކީވެސް ބޮޑުވެގޮސް ހާމަވެފައިވާ މައްސަލައެކެވެ. އައު ސަރުކާރުންވަނީ އެ މައްސަލަ ހައްލުކޮށްދިނުމަށް ވައުދުވެ މެނިފެސްޓޯގައި އެކަމަށް ނުކުތާއެއް ހިމަނާފައެވެ. އެގޮތުން ދައުލަތުގެ ކުންފުނިތައް ޒިންމާދާރުކޮށް ހިންގުމާއި ރަނގަޅު ސިޔާސަތުތަކެއްގެ ތެރެއަށް ގެނައުމާއިއެކު އެތަންތަނަކީ ދަރަނި އުފައްދާ ތަންތަނުގެ ބަދަލުގައި މަންފާ ވަނިވި ތަންނަތަނަށް ބަދަލުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖެއަށް މިވަގުތު އެންމެ ގިނައިން އާމްދަނީ ލިބޭ ދާއިރާކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށްވެސް އިންތިހާބީ ސަރުކާރުން ބައެއް ކަންކަން މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެގޮތުން މިހާރު އޮތްވަރަށްވުރެ އިތުރަށް ލޯކަލް ޓުއަރިޒަމް ފުޅާކުރުމާއި ގާނޫނީގޮތުން ތަންފީޒުކުރެވެން ހުރި މާލީ ފައިދާ ލިބޭ ކަންކަން ތަންފީޒުކުރުމުގެ އިތުރުން ފައިދާ ލިބޭނެ ބޮޑެތި އިންވެސްޓްމަންޓް ފަންޑުތަކުގައި ޕެންޝަން ފަންޑުގެ މާލިއްޔަތު އިންވެސްޓްކޮށްގެން އިތުރު ފައިދާ ހޯދުން ފަދަ މަސައްކަތްތައްވެސް ކުރުމަށް ހިމަނާފައިވެއެވެ.

ރައްޔިތުންގެ ޝަކުވާތައް ގިނަ މައްސަލައެއްކަމަށްވާ އަމިއްލަ އެކައުންޓުން ބޭރު ފައިސާ ނެގޭ ލިމިޓުގެ މައްސަލަ ފަދަ ކަންކަންވެސް ހައްލުކުރުމަށް ރާވާފައިވެއެވެ އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއި، ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަކުރުމަށްޓަކައި، ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ހުރެގެން ނެގޭ ފައިސާ އަދި ދުވާލަކަށް ކުރެވޭ މުއާމަލާތްތައް ފުޅާކޮށް އިތުރުކުރުުމުގެ ވިސްނުމާއި ބޭރު ފައިސާ ދުވާލަކާއި މަހަކު ނެގޭ މިންވަރުތައް އިތުރުކުރުމަކީވެސް އިންތިހާބީ ސަރުކާރުގެ އަމާޒެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: