ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވަޒީފާގެ ބާޒާރަށް ތަފާތު ބޮޑު ބަދަލެއް ގެނެސްދޭނެ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރާއްޖޭގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ހަނިވެފައި އޮންނަ ވާހަކައެވެ. ކޮންމެ ސަރުކާރަަކުންވެސް ގިނަ ކަންތަތަކެއް މުޖުތަމަޢުއަށް ކޮށްދިނުމަށް ވައުދުވެގެން އަންނަ އިރު، ދައުރު ނިމޭއިރުވެސް ގިނަ ފަހަރު ވައުދުތައް ނުފުއްދޭކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޑރ.މުހައްމަދު މުއިއްޒުގެ ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯގައި ހިމެނޭ ވަޒީފާގެ ވަޒީފާއާއި ވުނޭރުކަމަށް ބަލާއިރު، ވަޒީފާ ބޭނުންވާ ކޮންމެ ފަރާތަކަށް، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު ވަޒީފާތައް މަދުނުވާނެ ވަރަށް، 5 އަހަރުގެ ތެރޭގައި ޤާއިމުކޮށް، ރާއްޖެއިން އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް އެކީ ފޮހެލާނެކަމަށް ވައުދުވެފައިވެއެވެ.

ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރާނެކަމަށް ވައުދުވެފައިވާއިރު، ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް ‘ދިވެހިންނަށް ޚާއްޞަ’ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވާނެކަމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ދެގުނައާއި ހަމައަށް އިތުރުކުރުމާއި، ސިވިލް ސާރވިސްގައި ވެރިންގެ ފެންވަރުގެ ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރައްވާނެކަަމަށް މެނިފެސްޓިގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުމާއެކު، ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެފަދަ ބިދޭސީންގެ ސަބަބުން އެޅެމުންދާ ހުރަސްތައް ނައްތާލަން ފިޔަވަޅުތަކެއް އެޅާނެކަމަށް މެނިފެސްޓޯގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއި އެކު އެއާރޕޯޓް މެނޭޖްމަންޓް، ރޫޓް ޑިވޮލޮޕްމެންޓް، އޮޑިޓިންގ އަދި އެކައުންޓިންގ، ލޮޖިސްޓިކްސް، ދަތުރުފަތުރާއި ވިޔަފާރި، ޕްރޮޕަޓީ އަދި އެސްޓޭޓް މެނޭޖްމެންޓް ފަދަ ދާއިރާތަކުން ދިވެހިން ކުރިއަށްދާން ހުރި ފުރުޞަތުތައް ފުޅާކުރުމަށް ވަނީ ކަނޑއަޅާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި ޔުނީފޯމްއެޅި ހުރިހާ މުޢައްސަސާތަކުގައި ވަޒީފާގެ ކުރިއެރުން ދިނުމަށް މިހާރު ޢަމަލުކުރާ އުޞޫލުތައް އިޞްލާޙުކުރުމާއެކު، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ޙައްޤުވެ ނަމަވެސް ނުލިބި ތިބި މުވައްޒަފުންނަށް އެ ޙައްޤު ކަށަވަރު ކޮށްދިނުންވެސް ޑރ.މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: