ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދިވެހީންގެރާއްޖެ”ފައްނުވެރިކަމަށް ދިރުން ލިބިގެންދާނެ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަކީ އެތައް ފަންނުވެރިކަމެއް ހުރި ބަޔަކަށްވާއިރު، ގިނަ ފަހަރަށް ދިމާވާ ކަމަކީ މި ފަންނުވެރިކަމުން ކުރިއަށްދިއުމަށް ދިމާވާ ހުރަސްތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ބޮޑު އެއްކަމަކީ މިކަންތައްތައް ކުރިއެރުވުމަށް ސަރުކާރުން ލިބެންޖެހޭ އެއްބާރުލުންތައް ނުލިބުންކަން ގިނަ ބަޔަލު ފާހަގަކުރެއެވެ.

ޕީޕީއެމް ޕިއެންސީގެ ދިވެހިންގެ ރާއްޖެ މެނިފެސްޓޯގައި ފަންނުވެރިކަމާއި ބެހޭ ގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތަކަށް ބަލާއިރު، ފެޝަން ޑިޒައިނިންގ، ކެއްކުން، އެނިމޭޝަން، އެކްޓިންގ އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި މިއުޒިކް ފަދަ ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ނަންހިނގާ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ޤާއިމުކުރުންމަށް ވަނީ މެނިފެސްޓޯގައި ހިމަނުއްވާފައެވެ.

ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަޞީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމުކުރުން ހިމެނެއެވެ.

މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް، އެދާއިރާގެ ފަންނާނުންނަށް ޙާއްޞަކޮށްގެން، ޢާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގ އަދި ރެކޯޑިންގ ސްޓޫޑިއޯތަކެއް ޤާއިމުކުރުމާއި، ކޮޕީރައިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި އެޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުުމުގެ ތެރެއިން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުންވެސް ހިމަނުއްވާފައިވެއެވެ.

މީގެ އިތުރުން ދުނިޔޭގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ “ސްޓީމް” (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތަމެޓިކްސް) ތަޢުލީމު ރާއްޖޭގައި ފުޅާކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: