ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ދައުރުގައި އެވަރަށް ސިޔާސީ ކަންކަމާއި ނޫޅޭނަން: ރައީސް ނަޝީދު

މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެހާ ބޮޑަށް ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި ނުފެނިދާނެކަމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޯޝަން ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވަނީ އޯޝަން ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާ ކުރައްވާފައެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނުވަނުވަނީ އެކި މައުލޫތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

އެގޮތުން ޑރ ޝަހީމްގެ ޕީއެޗްޑީ ތީސީސްއަކީ މެލޭޝިއާގައި ކިޔަވާ ވިދާޅުވި ޔުނިވާސިޓީން ދިވެހި ކުދިންގެ ތެރެއިން ޕަބްލިޝްކުރުމަށް ރިކަމެންޑުކުރި ހަމައެކަނި ތީސީސްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި އެމްޑީޕީންވަނީ ޓެކްސްގެ ނިޒާމު ބިނާކުރުން ފަދަ ކަންކަމުގައި އެ ފޮތްތަކުގެ މައުލޫމާތަށް ރިއާޔަތްކޮށްފައިކަމަށެވެ.

އެހެންކަމުން ގިނަ މީހުން ފޮތް ކިއުމަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއްކަމަށާއި އެމަނިކުފާނު އެކަމަށް ގަދައަޅައި މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޝަހީމް އަށް މަސްތަގުބަލުގައި ކާމިޔާބަށް އެދޭކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ސިޔާސީ ކަންކަމުގައި މާ ބޮޑަށް އުޅުމުގެ ވިސްނުން ނުގެންގުޅުއްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ނަޝީދު ހާމަކުރެއްވި ވާހަކަތަކަށް ޝަހީމްވަނީ އެއްބަސްވެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ، އެމަނިކުފާނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަކީ ރާއްޖޭގެ އެންމެ ތަޖުރިބާހުރި ސިޔާސީ ލީޑަރުންކަމަކީ ހަގީގަތްކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރައީސް ނަޝީދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނަވައިގެން ގައުމާއި ދުނިޔެއަށްވެސް އެ އިލްމުތައް ފެތުރުއްވުމުގައި ދެމިހުންނެވުމަށްކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ވީ މިންވަރަކުން ވެވުނު އެހީއެއް އައު ސަރުކާރަށް ވެދެއްވާނެކަމަށެވެ. އަދި ވެރިކަން ރީތިކޮށް ބަދަލުވެގެންދިއުމާއިމެދު އުފާކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތް ރާއްޖޭގައި ހަމަޖެހިގެން އެންމެނަށް އުޅެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 46%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: