ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑޭ، އެމްޑީޕީއަށް؛ އެއްބުރުން ވެރިކަން ނުލިބި، ހަތް ޕަސަންޓެއްގައި ޖެހި ވީ ހަފުސް!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ، ސަރުކާރުން ސިޔާސީ ބޭނުމަށް ކުރި ހަރަދުތައް ހަމަޖެއްސުމަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސަށް ހުޅުވާލުމާއި އެކު މިއަދު ވެސް ޑިމޮކްރެޓްސްގެ މެމްބަރުން ތަކުރާރުކޮށް ނިޒާމީ ނުކުތާތައް ނަންގަވައި އަޑުގަދަ ކުރަމުން ގެންދެވީ މިއީ ސަރުކާރުން ސިޔާސީ ބޭނުމެއްގައި ކުރާ މަސައްކަތެއްކަމަށް ބުނެ އެވެ.

އަހަރުގެ ބާކީ މަސް ދުވަސް އޮތްވައި، ހުށަހެޅި މި ބަޖެޓަކީ ސަރުކާރުން ބޭނުންކޮށްފައިވާ އަދަދުތަކެއްކަމަށް ތުހުމަތު ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މިއީ ރީއެމްބާސްމަންޓް ބަޖެޓެއް ކަމަށެވެ. އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ބޭނުން ނުވާ ކަމަށެވެ.

މީގެ ކުރިން 200 ރުފިޔާއަށް ލިބުނު ބޭސް ގުޅަ، އެއްހާސް ރުފިޔާއަށް ސަރުކާރަށް ވިއްކާއިރު ނިގުޅައިގަތް ރައްޔިތުންގެ ހައްގާއި މެދު އެއްވެސް ހަމްދަރުދީއެއް ނެތީތޯ އޭނާ ސުވާލު ކުރި އެވެ. އަދި ވިދާޅުވީ މިއީ ބަލާނެ މައްސަލަތައްކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ވެސް ފާރަވެރިވާނެ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ނަމުގައި، އިންޖީނުގެތައް އެޅުމަށާއި، އެހެނިހެން މަސައްކަތް ކުރުމަށް ކުދި ކުންފުނިތަކާއި ހަވާލު ކުރުމަށް ފަހު އަމަލީ ސިފައެއް ނުގަނެ އެ ފައިސާތައް ވެސް ހުސްކޮށްލާފައިވާ ކަމަށެވެ.

 މިއީ ރީއެމްބާސްމަންޓް ބަޖެޓެއް.. ފައިސާތައް ކައިފާ.. އަނެއްކާ ބަޖެޓެއް މި ފާސް ކުރަނީ.. މާދަމާ ދެން އޮންނާނީ އެހެން ސަރުކާރެއް.. ރައްޔިތުން ވަރަށް ސާފުކޮށް ބުނެފި ތިމަންނާމެން މި ސަރުކާރެއް ބަލައެއް ނުގަންނަމޭ، އަދި ފިނޭންސް މިނިސްޓަރެއް ވެސް ބަލައެއް ނުގަންނަމޭ… ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވީ، އެއް ބުރުން ނަގާނަމޭ، ކިހިނެއްތޯ ވީ.. އެއްބުރުން އަނބުރައިގަތީ.. އެއްބުރުން ވެއްޓުނީ.. ވެއްޓި ހަތް ޕަސަންޓެއްގައި ތާށިވެ، ހަފުސްވީ.. ތަމަންނާ ވީ..

އެހެންކަމުން ދެން ސަރުކާރުން އަދިވެސް ބަލަންވީ ސަރުކާރު ނިމެން 48 ވަރަކަށް ގަޑިއިރު އޮތް އިރު އިންސާފުން ހިދުމަތްތައް ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނާއި ހިލާފު ކަންކަމަށް ފަސް އަޅައި ފޮރުވުމަށް ދެ ދުވަހަށްވުމުން ކުރާ މަސައްކަތް ހުއްޓާލައި، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދިނުން މާ ރަނގަޅު ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. މުއްދަތު ހަމަވެފައި އޮތް ސަރުކާރަކުން، އިންތިގާލީ މަރުހަލާއެއްގައި ނުކުރެވޭ އެތައް ކަމެއް ކުރަމުން ދާއިރު މިކަމުގެ ދަތިތައް ދިމާވާނީ ދިވެހި ރައްޔިތުންނަށްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ރައްޔިތުން މި ސަރުކާރު ބަލައިނުގަތުމަށް ނިންމީ، ވައްކަމާއި ހިޔާނާތް އިންތިހާއަށް އިތުރުވުމުން ކަމަށެވެ. އަމިއްލަ މަންފާއަށް ކުރާ މަސައްކަތާއި، ކޮންޓްރެކްޓް މެދުވެރިކޮށް މެމްބަރުންނަށް ވެސް އެތައް މިލިއަނުން ފައިސާ ލިބިފައިވާކަމަށް އިބްރާހިމް ރަޝީދު ތުހުމަތު ކުރެއްވި އެވެ.

މަޖިލީހުގައި މިއަދު ކުރާ މަސައްކަތް އިބްރާހިމް ރަޝީދު ސިފަ ކުރެއްވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރާ ޕްރޮމޯޝަނެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: