ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާކުރާ ދުވަހު އިސްލާމީ މަރުކަޒަށް ދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުންކުރަން އަންގައިފި

އިސްލާމީ މަރުކަޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް އަސުރު ނަމާދާއި މަޣުރިބް ނަމާދަށް ދާ މީހުން އެ މިސްކިތުގެ އުތުރު ފަރާތުގެ ބަދަލުގައި، ދެކުނުފަޅި އާއި އިރުމަތީ ފަރާތް ބޭނުންކުރަން އިސްލާމިކް މިނިސްޓްރީ އިން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައި ވާތީ، އެ ދުވަހުގެ އަސުރު ނަމާދާއި މަޣުރިބް ނަމާދު ވަގުތުގައި އެ ސަރަހައްދުގެ މަގުތައް ބަންދުވާނެ ކަމަށެވެ.

އެ ދުވަހު އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުން އެ މިސްކިތަށް ވަދެނުކުތުމަށް އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި (މެދުޒިޔާރަތް މަގު) ނުވަތަ ކުރީގެ ދިރާގުގެ ހެޑް އޮފީސް ހުރި ފަޅިއާއި ނޭޝަނަލް އާޓް ގެލެރޯ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީން ވަނީ އެދިފައެވެ.

އިންތިހާބީ ރައީސާއި އަދި ނައިބުރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހުކުރު ހަވީރު 4:45 ގައެވެ. އެ ރަސްމިއްޔާތުގައި އާ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ދައުވަތު ދީގެން ބޭރުން ވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ކުރިން ބުނި ގޮތުގައި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މި ސަރަހައްދުގެ ހުރިހާ ގައުމަކާއި ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ އެހެން ހުރިހާ ގައުމުތަކެއްގެ ވެރިންނަށް ވެސް ވަނީ ދައުވަތު ފޮނުވައިފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: