ހެލިފެލިވުމާއި ކަސްރަތަކީ ފުރިހަމަ ސިއްހަތެއްގައި އިންސާނާ ހުރުމަށް ބޭނުންވާނެ އެންމެ މުހިންމު އެއްކަންތަކެވެ. ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް ކަސްރަތާއި، ކުޅިވަރަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ޞިއްޙީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް މެއެވެ. ހެލިފެލިވުން ކުޑަ މިޖީލަށް ކުޅިވަރާއި ކަސްރަތު ކޮންމެ މީހަކަށްވެސް ލިބެނެޖެހެއެވެ. ކަސްރަތަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ޑރ. މުއިއްޒުގެ ސަރުކާރު ހިންގުމުގެ ސިޔާސަތުގެ ތެރެއަށް ވަނީ ހިމަނާފައެވެ.
އެގޮތުން އިންޑޯ ފިޗުތަކާއި ކޯޓްތަކާއި، ޖިމްތަކާއި، ސްޕޯޓްސް ފިޒިއޮތެރެޕީ އަދި ރިހިބިލިޓޭޝަން ކުލިނިކްތަކާއި، ރެސްޓޯރެންޓް އަދި ކެފޭތައް ހިމެނޭ ގޮތަށް ރާއްޖޭގައި ކުޅޭ މަގުބޫލު ހުރިހާ ކުޅިވަރުތަކަށް ހާއްސަ ކުރެވޭ ޒަމާނީ ފެންވަރުގެ ކޮންޕްލެކްސެއް ގާއިމު ކުރެވެއެވެ. އަދި ރައްޔިތުންގެ ދުޅަހެޔޮކަމާއި، ސިއްހަތަށް އެޅޭ އިތުރު ބާރެއްގެ ގޮތުން ކުޅިވަރާއި، ކަސްރަތުގެ ދާއިރާއިން ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި، ވިޔަފާރިތަކާއި، ފަންނީ މާހިރުންނާއި، އެކަޑަމީތަކާއިި، ކްލަބް ޖަމިއްޔާތައް އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހިމެނޭ ގޮތަށް ”ފިޓް މޯލްޑިވްސްގެ“ ގޮތުގައި ހާއްސަ ޕޯޓަލް އެއް ގާއިމް ކުރެވެއެވެ.
ހަމަ މިއާއި އެކު ހުރިހާ މަގުބޫލް ކުޅިވަރުތަކެއް ހިމެނޭ ގޮތަށް މަތީ ޑިވިޝަންތަކުގައި ވާދަކުރާ ކްލަބްތަކަށް ފެންވަރު ރަނގަޅަށް ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރުތައް ގާއިމް ކުރެވެއެވެ. މިއީ އެކުޅިވަރެއް ކުރިއަރުވަން ދެވޭ ހިތްވަރެއްގެ ގޮތުގައި ދެވޭ އެހީތެރިކަމެކެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތައްވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބާރު އެޅުމާއި، ވަސީލަތްތައް އިތުރު ކުރުމަށް ވަކި މިންގަނޑެއްގެ ތެރެއިން ވިޔަފާރި މުއާމަލާތް ކުރެވޭނެ ގޮތަށް ގާނޫނީ އޮނިގަނޑު ވެސް އިސްލާހު ކުރެވެއެއެވެ.
ގައުމީ އެތްލިޓުންނަށް ދެވޭ މުސާރައާއި، ތަމްރީނާއި، މުބާރާތްތަކުގައި ވާދަކުރުމަށް ފުރުަސަތު ހޯދައި ދިނުމުގައި ދެ ޖިންސުގެ ދެ މެދުގައި ތަފާތު ކުރުމެއް ވާނަމަ އެކަން ހައްލުކޮށް ހުރިހާ އެތްލީޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކުރެވޭނެ ކަމަށް ވެއެވެ. މީގެ އިތުރުން ގައުމީ އެތްލީޓުންގެ މުސާރަ ބޮޑު ކުރުމާއި، އެ އެތްލީޓުންގެ ގައުމީ ހިދުމަތް އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަން ކުރެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމް ކުރުމައްޓަކައި، ހާއްސަ ޕެންޝަން ސްކީމެއް ތައާރަފްކުރެވެއެވެ.
މިހާރުގެ ހުނަރުވެރި ގައުމީ އެތްލީޓުންނަށް އެހީތެރިވުމަށްޓަކައި، އޭރުގެ ގައުމީ އެތްލީޓުުންގެ މައްޗަށް އެލުލެވޭ“ ނޭޝަނަލްގެ ސްޕޯޓްސް ވެޓަރަން އެމްބެސެޑާސް ”ގެ ދަފްރަތެއް އެކުލަވާލާއި، އެ ފަރާތްތަކުގެ އެހީތެރިކަން އުޖޫރަ ލިބޭ ގޮތަށް ފޯރު ކޮށްދިނުމުގެ މަގުވެސް ފަހި ކުރެވެއެވެ.
ގައުމީ ހުރިހާ ކުޅިވަރު ޖަމިއްޔާ ތަކެއްގެ ބެލެނެވެރިކަން އޮޅުން ނާރާނެފަދަ ގޮތަކަށް އަދި ބައިނަލް އަގްވާމީ އުސޫލުތަކަށް ފެރޭ ގޮތަށް ހަމަޖެއްސުމައްޓަކައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް ލިބިދޭ ގާނޫނީ ބާރުތައް އަދި އިޙްތިޔާރާއި، މާލިއްޔަތު ސަރުކާރުގެ ތެރިއިން ނަކަލު ކުރުމުގެ އާދަ ނިމުމަކަށް ގެނައުންވެސް ހިމެނެއެވެ.
މީގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުޅިވަރާއި ކަސްރަތު ފަދި ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާ ކުރުމައްޓަކައި، އެ ދާއިރާތަކުން ޒުވާމުން ތަމްރީނާއި، ތައުލީމް ހާސިލް ކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ތަނަވަސް ވެވޭނެއެވެ.

