ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާތީ ހަމަދު އެމްޑީޕީއާއި ދުރަަށް

ހަމަދު އަބްދުލްޣަނީ:
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްއްމަދު ސާލިޙްގެ ސަރުކާރުން ކޮރޮޕްޝަން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަސް ވިދާޅުވެ ޓްރާންޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަމަދު އަބްދުލް ޣަނީ އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

ހަމަދު އެމްޑީޕީން ވަކިވިކަން އަންގާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެގޮތުން ފޮނުވި ސިޓީގައި ބުނެފައިވަނީ ސަރުކާރު ތެރޭގައި މަސައްކަތް ކުރެއްވިއިރު މަޤްޞަދަކަށްވީ ސަރުކާރުގެ ތެރޭގައި ހިންގަމުންދިޔަ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން މަދުކުރުމަށް ކަމަށެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރަމުން ދިޔައިރު، ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް، ކަމާގުޅޭ މުއައްސަސާތަކަށް ހެއްކާއި ޤަރީނާއާއެކު ހުށަހެޅުނު ކަމަށާއި، އެކަމުގެ އެއްވެސް ކަމެއް ހުއްޓިފައި ނުވާކަމަށެވެ. މިގޮތުން މިކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އަދާ ހަމައަށްވެސް އަޅާފައި ނުވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީގައި އިތުރަށް ދެމި ހުންނަން ބޭނުން ނުވާ ކަމަށާއި ހާއްސަކޮށް ނިޒާމުގެ ތެރެއިން ވިސްލްބްލޯކޮށ،ް ފާޅުގައި ނުކުމެ މަސަކަތް ކުރުމުން ޕާޓީން ކަންތައް ކުރީވެސް އިހާނެތި ކޮށް ކަމަށް ހަމަދު ވިދާޅުވެފައިވެއެވެ.

“ މިދެންނެވި ކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ފެށުމާއެކު ފެނިގެންދިޔައ،ީ އަޅުގަނޑު ސަރުކާރުގައި އަދާކުރަމުން ގެންދާ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް، ރަސްމީ ކަންކަމުގައި މުޢާމަލާތް ކުރުމަށް ދެވިފައި ވާ އ-ީމެއިލް އެޑްރެސް ވެސް ޑީ އެކްޓި ވޭޓް ކުރި ތަން. މިއ،ީ ކޮރަޕްޝަނާއި ފަސާދަ ނެތިކުރުމަށް މިސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ފެށުނީއްސުރެން ކުރަމުން އައި އުއްމީދަށް ހީނަރުކަމެއް ގެނައި ކަންކަން“

ސަރުކާރަށް އަމާޒުވި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަށް އެދެވޭ ފިޔަވަޅެއް އަޅާފައިނުވުމުން މާޔޫސްވި ކަމަށާއި، ކަންކަން އެމަގުން ހުރުމާއެކު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމި ހުރުމަކީ ޕާޓީއާ ގުޅުނު މަޤްޞަދު ޙާޞިލުކުރުމަށް އޮތް ހުރަހަކަށްވާތ،ީ އެމްޑީޕީގެ މެންބަރުކަމުން އިސްތިޢުފާދެއްވާ ކަމަށް ހަމަދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: