ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ވެރިކަން އެ ނިންމާލީ މަދުން ނޫނީ ނުވާ ވަރަށް މާލީ ހާލަތު ގޯސްކޮށްފަ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީއިން ވަނީ މަދުން ނޫނީ ދިވެހި މާލިއްޔާތަށް ދަތިނުވާ މިންވަރަށް ދަތިކޮށްފައިކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުން ވަކިވެވަޑައިގެންނެވުމަށްފަހު މައްޗަންގޯޅި މެދު ދާއިރާ ތަމްސީލުކުރައްވަމުންދާ ރައީސް ނަޝީދުވަނީ އެމްޑީޕީއާއި ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ސާލިހާއި އެމްޑީޕީއިން ވެރިކަމުގެ ދައުރު ނިންމާލާއިރު، މަދުން ނުނީ ވެފައިނުވާ މިންވަރަކަށް ދިވެހިިރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައިކަމަށާއި، އެހެންކަމުން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށްވެސް ކަންކަން ކުރުމަށް ބޭނުންވާ ބަޖެޓު ސަޕޯޓު ހޯއްދެވުމުގައި ދަތިތަކާއި ކުރިމަލައްވަންޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ޑިސެމްބަރު މަސްވެގެންދާނީ ރާއްޖެއަށް ދަތި މަހަކަށް ކަމަށެވެ.

އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ޓްވީޓް ކުރެއްވިއިރު، އެމަނިކުފާނުވަނީ ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުމުގެ މަރުހަލާގެ ތެރޭގައި ސަރުކާރުން ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ އަޑުއުފުއްލަވާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: