ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރައްވައިފިއެވެ.
އަބްދުއްރަހީމް އަބްދުއްލަތީފް މީގެ ކުރިން ހުނެނެވީ ޗީފް އޮފް ޑިފެންސްގެ ނައިބްގެ މަޤާމްގައެވެ. އެ މަޤާމަށް އައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ޗީފް އޮފް ޑިފެންސްގެ މަޤާމް ފުރުއްވާފައިވަނީ ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

