2023 ވަނަ އަހަރުގެ ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބެނިޓްގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިލްމީ ގާބިލް ތައުލީމީ ބޭފުޅުންތަކެވެ. ޖުމްލަ 22 މިނިސްްޓްރީ އެއް އުފައްދަވާ 19 ފިރިހެން ބޭފުޅުން ހިނެމެނޭހެން 3 އަންހެން ބޭފުޅަކުވެސް އައްޔަން ކޮށްފައި ވެއެވެ.
މިނިސްޓަރު ކަމުގެ ފަތްކޮޅު 17 ނޮވެމްބަރުގައި އަރުވާފައިވާއިރު ސަރުކާރުގައި ހޭދަވާ މުއްދަތުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކާއި، ތަރައްގިއަށް ކުރައްވާނެ މަސައްކަތްތައްވެސް ވަނީ ވީޑިއޯ މެސެޖުގެ ޒަރީއާއިން ރައްޔިތުންނަށް ހުށަހަޅުއްވާފައެވެ. އެގޮތުން ކޮންމެ މިނިސްޓަރަކު ވަކިވަކިން ހުށަހެޅުއްވި ކުރު ވީޑިއޯ މެސެޖުގައި ފާހަނގަ ކޮށްފައިވަނީ އެބޭފުޅުން ކުރައްވާނެ ކަންތަކާއި 5 އަހަރުގެ ދައުރެއްގައި ޒިންމާތައް ފުރިހަމަޔަށް އަދާކުރެއްވުމުގައި ސާބިތުވެ ހުންނާނެ ކަމެވެ.
- މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އައްޔަން ކުރެއްވި އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން
އައްސާން މައުމޫނު ތައުލީމު ހާސިލް ކުރެއްވީ ޔުނިވަސިޓީ އޮފް ލަންޑަންގެ ބަޔޯމެޑިކަލް ސައިންސްގެ ރިސަލްޗްގެ ދާއިރާއިންނާއި، މޮލޮކިއުލާ ބަޔޮލޮޖީގެ ދާއިރާއިނެވެ. އައްސާން މައުމޫނަކީ ކުޅަދާނާ ވާހަކަ ދެއްކުންތެރިއެވެ. ސިޔާސީ ގޮތުން މަގުބޫލު ޝަޙްސިއްޔަތެކެވެ. ރައިސުލްޖުމްހޫރިއްޔާގެ ޕޮލިސީ ޑިޕާޓްމެންޓް ވަނީ ހިންގަވާފައެވެ. އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި، ކުޅިވަރާއި ޒުވާނުންނާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ވަނީ ކުރައްވާފެވެ. އައްސާން މައުމޫނު މިނިސްޓަރު ކަމުގެ ފަތްކޮޅު އެރުވުމާއި ހަމަޔަށް ހުނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ މެމްބަރު ކަމުގައެވެ.
2. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް އަލްފާޟިލް މޫސާ ޒަމީރު.
ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރެއްވީ އިގިރޭސިވިލާތުގައެެވެ. މޯލްޑިވްސް ފައިނޭންސިން ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 އަހަރު ހޭދާ ކުރެއްވި އެވެ. ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު 8 އަހަރު ފުރުއްވިއެވެ. ވިޔަފާރީގެ ދާއިރާއިންނާއި، ސިޔާސީ ދާއިރާއިން ތަޖުރިބާކާރު ހިކުމަތްތެރި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކިބިދޫ ދާއިރާގެ މެމްބަރު ކުރެއްވުމުގެ އިތުރުން 2015 އިން 2018 ވަނަ އަހަރާއި ހަމަޔަށް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވިއެވެ.
3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޢަލީ އިޙްސާން.
އަލީ އިހުސާން ވަނީ އެމެރިކާގެ މިލިޓެރީ އެކަޑީމީގައި ޑިފެންސް ސްޓެރެޓެޖިކްގެ ރޮގުންނާއި އިންްފޮމޭޝަން ޓެކޮނޮލަޖީގެ ޔުނިވާާރ ސިޓީގައި ބިސްނަސް އެޑްމިނިސްޓްރޭޝަންގެ ރޮގުން މާސްޓާސް ހާސިލް ކުރައްވާފައެވެ. ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކެޕްޓަން ރޭންކުގައި 11 އަހަރު ހިދުމައްތ ކުރެއްވިއެެވެ. ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި މެމްބަރު ކަމާއި އޮޑިޓް ކޮމެޓީގެ މެމްބަރުކަންވެސް ކުރެއްވިއެވެ. އެމަނިކުފާނަކީ ދިފާއީ ކަންކަމާއި، ހިންގުމާއި ވިޔަފާރިއާއި، ޓެކޮނޮލޮޖީގެ ދާއިރާއިގައި ހިންގުންތެރި ބޭފުޅެކެވެ.
4. މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް
ބިޒްނަސް އެޑްމިނިސްޓްރޭޝަނެގ ދާއިރާއިން ކެމްބޯޑިއާގެ އައިއައިސީ ޔުނިވސިޓީން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ،. މުހައްމަދު ޝަފީގަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނަވާ އެ ކޯޕަރޭޝަން އަށް ވަނީ ބޮޑެތި ކުރިއެރުންތައް ހޯއްދަވާފައެވެ. މާލީ އަދި އިގްތިސާދީ ކަންކަމުގައި ރާއްޖެއާއި ރާއްޖޭން ބެރުގައި އެކި ފަރާތްތަކަށްވެސް އެމަނުފާނު ކޮންސަލްޓެންސީ ވަނީ ދެއްވާފައެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަންވެސް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަދާކުރައްވާފައި ވެއެވެ.
5. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.
ދިވެހި ރާއްޖޭގ އިސްލާމިކް ޔިނިވަސިޓީގެ ސެންޓާރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ، އިސްމާއިލް ޝަފީގަކީ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައި 2008 ވަނަ އަހަރު ގައުމަށް ހިދުމަތް ކޮށްދެއްވަން ފެއްޓެވި ބޭފުޅެކެވެ. ނ. ހޮޅުދޫ މޭނާ ސުކޫލްގެ ޕްރިންސިޕަލްގެ މަގާމު ފުރުއްވުމަށްފަހު 2012 އިން 2015 އަށް ދިވެހި ރާއްޖޭގެ ތައުލީމީ ވުޒާރާގެ ނައިބުގެ މަގާމުގައި ހުންނަވައިގެން މުހިންމު ހެޔޮ ބަދަލެއް ގެނެސްދެއްވިއެވެ. ޑރ. ޝަފީގް ވަނީ އިގިރޭސި ވިލާތުގެ ޑާހަމް ޔުނިވަސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންއިން 2019 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރައްވާފއެވެ.
6. މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله ޚަލީލް.
ޑރ. އަބްދުްްﷲ ހަލީލް ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1997 ވަނަ އަހަރުއެވެ. ދިވެހި ރާއްޖޭގެ މާލީ ވުޒާރާގެ އިސް މަގާމު ތަކެއް ފުރުއްވިއެވެ. އަރިއަތޮޅު އުތުރުބުރިއާއި، ނޫނު އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވިއެވެ. ދިވެހި ސިވިލް ސާވިސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވިއެވެ.ޑރ. އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލް ކުރައްވާފައިވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޔުނިވަސިޓީ އޮފް ބުރޫނިޔާ ދާރުއްސަލާމްގައެވެ. އަދި ޕޕީއެމްގެ ސެކެޓްރީ ޖެނެރަލް ކަންވެސް ކުރެއްވިއެވެ.
7. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ސަޢީދު.
މުހައްމދު ސައީދު އެންމެފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ކަމުގެ މަގާމުގައެވެ. 2013 އިން 2018 އަށް އެމަނިކުފާނު ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕް މެންޓުގައެވެ. ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާއި، އޭޝިއާ އިންފްރާސް ސަކްޗާ އެންޑް އިންވެސްޓްމެންޓް ބޭންކުގެ ޑިރެކްޓާ ކަމުގެ މަގާމާއި، ދައުލަތުގެ ބޮޑު ތިން ކުންފުއްޗެއްގެ ސުޕާ ސީއީއޯގެ މާގާމު އެމަނިކުފާނު ފުރުއްވިއެވެ. ޓޫރިސްޓް ރިޒޯޓް ހިންގެވުމުގައި، 18 އަހަރު މަސައްކަތް ކުރެއްވިއެވެ. އިޓަލީވިލާތާއި، އިގިރޭސި ވިލާތުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުން އެމަނިކުފާނުވަނީ މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ.
8. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް.
2013 ވަނަ އަހަރު ޖަޕާނުގެ އޮސްކާގެ ނަގޯޔާ ޔުނިވަސިޓީ އޮފް ކޮމާރސް އެންޑް ބިޒްނަސް (އެން. ޔޫ.ސީ. ބީ) އިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ އަހުމަދު ޝިޔާމަކީ ތައުލީމީ ގޮތުންނާއި، ހުނަރުގެ ގޮތުންވެސް ވަރަށް ގާބިލް ބޭފުޅެކެވެ. ޕްރޮފެޝަނަލް ސުކޫބާ ޑައިވިންގް އިންސްޓްރަކްޓަރެކެވެ. ކުޅަދާނަ ވާހަކަދެއްކުން ތެރިއެކެވެ. ވިޔަފާރީގެ ދާއިރާ އާއި، ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އެނމަކުފާނުވަނީ ހިދުމަތް ކުރައްވާ ތަޖުރިބާ ހާސިލް ކުރައްވާފެއެވެ. 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރަކަށެވެ.
9. އެޓަރނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު އުޝާމް.
އަހުމަދު އުޝާމް އަކީ ގާނޫނީ ދާއިރާ އާއި، ބައިނަލް އަގްވާމީ ގުޅުންތަކުގެ ދާއިރާއިން މެލޭޝިއާގެ އިގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 10 އަހަރު ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމްތަކުގައި ހިދުމަތް ކުރައްވާފައެވެ. މިގޮތުން ޑެޕިއުޓީ ސްޓޭޓް އެޓާނީ ކަމާއި، ޑިޕިއުޓީ ސޮލިސިޓާ ޖެނެރަލް ކަމާއި، ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ. އެންމެފަހުން އުޝާމް ހުންނެވީ ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަމުގެ މަގާމުގައެވެ.
10. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
ޑރ. މުހައްމދު ޝަހީމް އަލީ ސައިދު ޕީއެޗްޑީ ހާސިލް ކުރައްވާފއިވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮގުންނެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެނެމް ނުފޫޒުގަދަ 500 މުސްލިމް ޝަޙްސިއްޔަތުގެ ލިސްޓްގައި މިހާރުވެސް ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ. ބައިނަލް އަގްވާމީ ބޮޑެތި އިސްލާމީ ޖަމާއަތްތަކުގައި ހިދުމަތް ކުރައްވާ މަތީ މަގާމުތައް ފުރުއްވާފައި ވެއެވެ. ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި، އިސްލާމިކު ުޔުނިވަސިޓީގެ ޗާންސެލާކަންވެސް ކުރައްވާފައި ވެއެވެ. ދީނީ އަދި އިލްމީ ވަރަށް ގިނަ ފޮތްތައް ލިއުއްވާފއި ވެއެވެ.
11. މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ފައިޞަލް.
އިބްރާހީމް ފައިސަލް މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ ވެސްޓްމިސްޓާރ އިންޓަނޭޝަނަލް ކޮލެޖުގައެވެ. ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވިއެވެ. މިނިސްޓްރީ އޮފް ޔީތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި 2013 އިން 2015 އަށް ހުންނެވިއެވެ. 2015 އިން 2018 އަށް މެލޭޝިއާގެ ހައިކޮމިޝަނުގެ އެޑިޝަނަލް ސެކެޓްރީގެ މަގާމު ފުރުއްވިއެވެ.
12. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.
ޓީޗަރެއްގެ ގޮތުގައި 1983 ގައި ހިދުމަތަށް ނިކުތް ގޮތަށް އެޑިއުކޭޝަން މިނިސްޓަރުގެ މަގާމާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް ވިމެންސް އެފެއާޒު އެންޑް ސޯޝަލް ސެކިއުރިޓީގެ އިސްމަގާމުވެސް އެކަމަނާ އަދާ ކުރެއވިއެވެ. މަތީ ތައުލިމު ހާސިލް ކުރެއްވީ ކައުންސިލިން އަދި ސައިކޮލަޖީގެ ރޮނގުނެވެ، އެ ރޮނގުން ޑރ. އޮފް ފިލޯސަފީ ހާސިލް ކުރެއްވީ އިގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ނިއު ކާލްސްގައެވެ.
13. މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް ޢަބްދުالله ރާފިޢު.
ސްޕޯޓްސް މެޑިކަލްގެ ރިނގުން މަތީ ތައުލީމު ހާސިލް ކުރައްވާފއިވާ އަބްދުﷲ ރާފިއު އޮލޕމްޕިކް ކުޅިވަރު މުބާރާތްތަކުގައި 2019 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުންނެވެ.
14.މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޠާރިޤު އިބްރާހީމް.
ބިލްޑިން ސައިންސްގެ ދާއިރާއިނާއި، ބިލްޑިން ސާވިސަސް އިންޖިނިއަރިންގެ ދާއިރާއިން އިގިރޭސި ވިލާތުގައި މަތީ ތައުލީމު ހާސިލް ކުރައްވާފައި ވެއެވެ. އެޗްޑީސީ އާއި. އެމްޓީ.ޑީ.ސީ ޑިރެކްޓަރުންގެ ބޯޑުގައިޔާއި، މޯލްޑިވްސްގެ އެނާޖީ އޮތޯރިޓީގެ ގާވާނިން ބޯޑުގެ މެމްބަރު ކަމާއި، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުއައްސިސްއެވެ. އަދި މިނިސްޓާރ އޮފް ިއެނަވަޔަރަންމެޓްގެ އެންޑް އެނާޖީގެ މަގާމު ފަސް އަހަރު އަދާ ކުރެއްވިއެވެ.
15. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.
ޕްލޭނިން ސްޓަޑީޒްގ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާ ޑރ. އަލީ ހައިދަރުވަނީ އިގިރޭސި ވިލާތުގެ ޖަރުމަން ވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ. އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގައި ހިދުމަތް ކުރެއްވިއެވެ. ޑިޕާޓްމެންޓް ޕްލޭނިންގް ސްޕަޝިލެސްޓެއްްގެ ގޮތުގައި އެމެރިކާގައި މަސައްކަތް ކުރެއްވިއެވެ. ދިވެހި ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1981 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ހައުސިން މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވިއެވެ.
16. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަމީން.
ސަލާމަތީ ހިދުމަތަށް މުހައްމަދު އަމީން ފެއްޓެވީ ދިވެހި ގައުމީ ދިފާއީ ބާރުންނެވެ. ސްރީލަންކާގައި ޕައިލެޓް ލައިސެންސް ހާސިލް ކުރައްވާ ކެނެޑާ އެމެރިކާ މެލޭޝިއާ އަދި ސިންގަޕޫރުން ކޯސްތައް ފުރިހަމަ ކުރެއްވިއެވެ. މޯލްޑިވްސް އެއާޕޯޓް ކޮންޕެނީގެ ޗެއާމަން ކަން ކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަންގައި ހިދުމަތް ކުރެއްވީ 15 އަހަރަށްވުރެ ދިގުމުއްދަތަށެވެ. ހެޑް އޮފް ސޭފްޓީ މަގާމުގެ އިތުުރުން ޑިރެކްޓާރ އޮޕރޭޝަންގެ މަގާމު އަދާކުރެއްވިއެވެ.
17. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް.
އުސްތާޒު އާދަމް ނަސީރަކީ ބަހަވީ ފަންނުތަކާއި ޅެންވެރިކަމާއި، ލިއުންތެރިކަމާއި، ވާހަކަދެއްކުންތެރިކަން އުނގަންނައި ދެއްވުމުގައި ގައުމީ ހިދުމަތް ތެރިއެކެވެ. ޝާއިރެކެވެ ޓިވީ ޕްރަޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓެންޓެއްގެ މަގާމާއި، ބަސްކޮމެޓީގެ މެމްބަރު ކަން އަދާކުރެއްވިއެވެ. އަދި ދުވެހި ބަހުން މާސްޓާރސް ޑިގްރީ ވަނީ ހާސިލް ކުރައްވާފައެެވެ.
18. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.
ޑރ. މަރިޔަމް މާރިޔާ އަކި ޓީޗރެކެވެ. ޓިޔުޓަރެކެވެ. ތައުލީމީ ދާއިގައި 31 އަހަރު ހޭދަ ކުރެއްވިއެވެ. 2012 ވަނ އަހަރު ޕީއެޗްޑީ ހާސިލް ކުރައްވާފައި ވެެއެވެ. އަދި ރާއްޖޭގެ ނުރަސްމީ ތައުލީމު ދޭ މަރުކަޒާއި، ވިލާ ކޮލަޖާއި، އިސްލާމިކު ޔިނިވަސިޓީގެ އިތުރުން ގައުމީ ޔިނިވަސިޓީގައިވެސް މަސައްކަތް ކޮށްފައި ވެއެވެ.
19. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.
އިގިރޭސި ވިލާތުން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލް ކުރައްވާ ފުލުހުންގ ވަޒީފާއާއި ގުޅިވަޑައިގަތީ 2009 ވަނަ އަހަރުގައެވެ. އެޗް. ޑީ.ސީ. އާއި، ހައުސިން މިނިސްޓްރީގައި މަތީ މަގާމްތަކެއް ފުރުއްވިއެވެ. އަބްދުﷲ މުއްތަލިބު ޑރ. އޮފް ފިލޯސަފަރީ ( ޕީއެޗްޑީ) ހާސިލް ކުރެއްވީ ޖީއޯ ޓެކްނިކަލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އެއީ 2020 ވަނަ އަހަރެވެ.
20. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.
ޑރ. އައިޝަތު ރަމީލާ ވަނީ މިނިސްޓާރ އޮފް ސްޓޭޓް ފޯރ ހެލްތުގެ މަގާމާއި މިނިސްޓާރ އޮފް ހެލްތު އެންޑް ފެމެލީ މަގާމުވެސް އަދާކުރައްވާފައެެވެ. ފުރަތަމަ ހިދުމަތް ފެއްޓެވީ ނަރުހެެއްގެ ވަޒީފާއިންނެވެ. އެއީ 1990 އިން ފެށިގެންނެެވެ. 33 އަހަރު ގައުމަށް ހިދުމަތް ކުރެއްވި ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.
21. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ވަޙީދު.
އިބްރާހިމް ވަހީދަކީ ނޫސްވެރިކަމުގެ ދާއިރާއިން ހިދުމަތްރެި ޝަހުސިއްޔަތެކެވެ. މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔިނިވަސިޓީގައި ނޫސްވެރިކަމުގ ދާއިރާއިންނެވެ. ވަގުތު ޓީވީގެ އެއް މުއައްސިސް އެވެ. އަދި ސަންގު ޓީވީ ހިންމުގެ އިތުރުން ރާއްޖެ ޓީވީ އާއި، މިނިވަން ނިއުސް އާއި، ހާމަ ނޫހާއި، ޓީވީ މޯލްޑިވްސްގައިވެސް ހިދުމަތް ކުރައްވާފައި ވެއެވެ.
22. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ޝަރީފް.
އިގިރޭސި ވިލާތުން މާސްޓާރސް ޑިގްރީ ހާސިލް ކުރައްވާ 1981 ވަނަ އަހަރު ގައުމަށް ހިދުމަތް ކުރައްވަން އެމަނިކުފާނު ފެއްޓެވީ ޕްރަިމެރީ ޓީޗަރެއްގެ ގޮތުގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވާ ދިފާއީ ވަޒީރުކަމުގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ. އެމަނިކުފާނު އެންމެފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމަބަރު ކަމުގައެވެ.

