ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން އަދި ހިލޭ ރައުޓަރ ލިބޭ ލިމިޓަޑް ޓައިމް ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފިއެވެ.
މި ޕްރޮމޯޝަނާއެކު 21 ނޮވެންބަރު 2023ގެ ކުރިން ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރައްވާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ޚާއްސަ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއަށް ގުޅުމަށް ކަސްޓާމަރުންނަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކެވެ.
މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވަރކާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މިހާރު ދިރާގުން ކުރިއަށް ގެންދާ ޚާއްސަ ’ވިން އަ ޓެސްލާ ކަރ‘ ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެއެވެ.
އެގޮތުން މި ޕްރޮމޯޝަނާއެކު ދިރާގު ފައިބަރ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގެ ގޭބިސީގެ 91 އިންސައްތައަށް ފޯރުކޮށްދެވިފައިވާ، ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވަރކްއެވެ. އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންގެ އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެކަން ފާހަގަކުރި އެވެ.

