ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅު ވިޔަފާރީގެ ބަދަލު ހޯދަން އެފްރިކާގެ ގައުމުތަކުން މަސައްކަތްކުރަނީ!

އެފްރިކަން ޔޫނިއަންގެ ދާއިމީ މަންދޫބުންގެ ކޮމިޓީގެ މުގައްރިރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕުގެ ގައުމުތަކުން ހިންގާފައިވާ ޒަމާންވީ ޖަރީމާތަކުގެ ބަދަލު ހޯދުމަށް އެފްރިކާ އަދި ކެރިބިއަންގެ ގައުމުތަކުން މަސައްކަތްތައް ފައްޓައިފިއެެވެ.

މީޑިއާތަކުން ބުނާގޮތުން، ގާނާގައި ދާދި ފަހުން ބޭއްވި ސަމިޓަކަށްފަހު، އެފްރިކަން ޔުނިއަންގެ ގައުމުތަކާއި ކެރިބިއަންގެ ގައުމުތައް ގުޅިގެންވަނީ ޔޫރަޕުގެ ގައުމުތަކުގެ އަތުން މީގެ ޒަމާންތަކެއް ކުރިން ހިންގާފައިވާ ބޮޑެތި ޖަރީމާތަކަށް ބަދަލު ހޯދުމަށް ބާރު އެޅުމަށް ނިންމާފައެވެ.

ފަންސާސް ފަސް މެމްބަރުން ހިމެނޭ އެފްރިކަން ޔުނިއަނާއި ކެރިބިއަން ކޮމިއުނިޓީ(ކެރިކޮމް)ގެ 20 ގައުމުގެ މި ހަރަކާތުގެ އަމާޒަކީ މީގެ ކުރިން އަޅުން ގެންގުޅުނު ގައުމުތަކަށް އޭރު ހިންގާފައިވާ ޖަރީމާތަކުގެ ބަދަލު ދިނުމަށް ބާރު އެޅުމުންކަމަށްވާއިރު، މި މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފަންޑެއް ގާއިމުކުރުމަށްވެސް ނިންމާފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ބަދަލުގެ ގޮތުގައި ހޯދުމަށް ވަކި އެއްޗެއް ނުވަތަ އަދަދެއް ނިންމާފައިނުވާއިރު، އދ އާއިއެކު އެފްރިކަން ޔުނިއަންއިން ގާނޫނީ ގޮތުން މަސައްކަތްތަކެއް ކޮށް، އެފްރިކާގެ ގައުމުތައް އަޅުވެރިކުރުމަކީ ހިންގާފައިވާ އިންސާނީ ހައްގާއި ކަރާމާތަށް އަރައިގަތުމުގެ އަމަލެއްތޯ ނިންމުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ގާނާގައި ކުރިއަށް ގެންދިޔަ އެފްރިކާ ގައުމުތަކުގެ ބައްދަލުވުން ހުޅުވައިދެއްވަމުން ގާނާގެ ރައީސް ނާނާ އަކޫފޯ އައްޑޯ ވިދާޅުވީ، އަޅުވެތިކަމުގެ ދުވަސްތަކެއް ހޭދަކުރުމުގެ މާނައަކީ އެ ދުވަސްތަކުގެ ތެރޭގައި ގައުމުގެ އިގްތިސާދަށް ކުރިއަރަން ޖާގަ ނުލިބުންކަމަށާއި، އެކަމުގެ މާނައަކީ ސަގާފަތްވެސް އާލާވެގެންދިއުމަށް ފުރުސަތު ނުލިބުންކަމަށެވެ. އޭނާ ވިދާޅުވީ، ނަފްސާނީ ގޮތުންވެސް ފިއްތުންތައް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ރޫޅިގެންދިޔަ އެތައް އާއިލާއެއް ވާނެކަމަށާއި އެފަދަ ހިތްދަތިކަން ބަޔާންކުރަންވެސް ނޭނގޭނެކަމަށެވެ.

އޭނާ ވިދާޅުވީ، މުޅި އެފްރިކާ ބައްރަށް ޔޫރަޕުގެ ގައުތަކުން އަޅުވިޔަފާރީގައި ބައިވެރިވެފައިވާކަމަށް ރަސްމީގޮތުން މާފަށް އެދެންޖެހޭކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތައް އެއްވެސް އަދަދެއްގެ ފައިސާއިން އިޔާދަނުކުރެވޭނެކަމަށާއި އެހެންނަމަވެސް މިއީ މުޅި ދުނިޔެއިންވެސް އަޅާ ނުލާ ދޫކޮށްލުމުގެ ބަދަލުގައި ކުރިމަތިލާންޖެހޭ މައްސަލައެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: