ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ޝައްމާން އައްޔަނުކޮށްފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް މުހައްމަދު ޝައްމާން އައްޔަން ކުރައްވައިފިއެވެ.

ޝަމްއާން މި މަގާމަށް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ޝައްމާން އެ މަގާމަށް އައްޔަން ކުރައްވާފައިވާއިރު، އޭނާ އަކީ 2008 ވަނަ އަހަރު ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭރު ޝައްމާން ވިދާޅުވީ، އޭނާ އިމިގްރޭޝަންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާތީ ކަމަށާއި އަދި އޭނާގެ ސްޓޫޑެންޓް ލޯން ވެސް ސަރުކާރުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ޝައްމާން ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އޭނާ ކިޔަވަން ހަމަޖައްސައިދީފައިވާ ސްޓޫޑަންޓް ލޯން ސިޔާސީ ލީޑަރަކަށް ތާއީދު ކުރާ ކަމަށް ލޭބަލްކޮށް ކެންސަލްކޮށް، ކިޔަވަމުން ގެންދިޔަ މާސްޓަރސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައިސް އޮފީހަށް ނިކުތުމަށް މަޖުބޫރުކޮށް، އޮފީހަށް ނިކުތުމުން މަސައްކަތާއި ގުޅުމެއްވެސް ނެތް އިދާރާ އަކަށް (އެޗްއީއޯސީ)އަށް ގަދަ ކަމުން ބަދަލުކުރިކަމަށެވެ.

އަދި، އެޗްއީއޯސީ ގައި މަސައްކަތުގެ މާހައުލުގައި ހިނގަމުން ގެންދިޔަ ޖިންސީ ފުރައްސާރަ އާއި އެހެނިހެންވެސް ކަންކަން ބަޔާންކޮށް އެފަދަ މާހައުލަކަށް މަސައްކަތު ދިއުމަށް އުޒުރުވެރިވެ، އެނޫން މަގެއް ފަހި ކޮށްދިނުމަށް އެދި އާދޭހާއެކު އެދުމުން، އުލިގަމުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ފޮނުވާލާށޭ ބުނެ، މީގެން އެއްވެސް ކަމަކަށް ބަލާލުމެއް އަދި އަޑު އެހުމެއް ނެތި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހަޢްމަދު އަޙްމަދު ހުސައިން (ހަނަފީ) ގެ ސީދާ އެންގުމަށް ކަމަށް ޝައްމާން ބުންޏެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 38%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: