ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލުގައި ޖެހުމުން އެހީ ވަނީ އިންޑިއާ، ދެކޮޅަށް ކަންކަން ކުރުން ރަނގަޅެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯޅ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާ ދެކޮޅަށް ދިވެހިން ނިކުމެ، ވަކިކޮޅަކަށް ބުރަވެ މަސައްކަތް ކުރުމަކީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނޫންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާކަމުގެ ޝަކުވާތައް ބޮޑެވެ. އަދި ސަރުކާރު ބަދަލުވި އެންމެ ބޮޑު އެއް ސަބަބަކީ އެއީކަމަށް ގިނަ ބަޔަކު ގަބޫލު ކުރާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ހާމަކުރި ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއެކު އެކުލަވާލި ބައިލެޓްރަލް އެގްރިމަންޓުތައް 100 އަށް އަރާކަމަށެވެ. އަދި ތިބީ 77 އިންޑިއާ ސިފައިންކަމަށާއި، އިތުރަށް ކުރާ ދިރާސާތަކުގެ މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެކަމަށް ވިދާޅުވި އެވެ.

މީޑިއާތަކުން އެ ހަބަރު ކަވަރ ކުރުމުން މިއަދު ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެރިއަކީ އިންޑިއާކަމަށާއި، ދިވެހިންނަށް އެންމެ ބޭނުންވާ ވަގުތު އެހީތެރިއަކީ ވެސް އެއީ ކަމަށެވެ.

އެހެންވެ އިންޑިއާ ދެކޮޅަށް ދިވެހިން ކަންކަން ކުރުން އެންމެ ރަނގަޅެއް ނޫންކަމަށް ވިދާޅުވި އެވެ.

މީގެކުރިން ވެސް ރައީސް ނަޝީދު ވަނީ އިންޑިއާއެކު އޮތް ގާތް ގުޅުމަށް ބުރޫއަންނަ ގޮތަށް މަސައްކަތް ކުރުން ރަނގަޅެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ނުވަތަ ރައީސް އަބްދުﷲ ޔާމީންގެ އެމަނިކުފާނަށް ހަމައެކަނި ކަމު ނުދާ ސިޔާސަތަކީ އެއީ އެވެ. އޭރު އެމަނިކުފާނު އެ ހަރަކާތް ކުރިޔަށް ގެންދަވާތީ ހިތްހަމަނުޖެހިގެން ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ، ކުރީގެ ރައީސަކު އިންޑިއާ އައުޓް ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން މަގުތަކަށް ނިކުތުމަކީ ލަދުގަންނަން ޖެހޭ ހަޑި ހުތުރު މަންޒަރެއް ކަމަށެވެ. ”އިންޑިއާ އައުޓް“ ނުގޮވޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެއީ ނާތަހުޒީބު ޑިމޮކްރަސީގެ ވެސް އަސާސްތަކާއި ހިލާފު އަމަލެއްކަން ވިދާޅުވެފަ އެވެ.

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: