ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ނުދޭނަމޭ އެމްޑީޕީގެ މެމްބަރުން ބުނަނީ ލިބުނު ގޯތިކޮޅު ގެއްލޭތީ: ރައީސް ނަޝީދު

ރައީސް ނަޝީދު ރައީސް ސާލިހާއިއެކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހައުސިންގް މިނިސްޓަރުކަމުގެ މަގާމަށް ޑރ އަލީ ހައިދަރަށް ރުހުން ނުދެއްވާނެކަމަށް ވިދާޅުވަނީ ލިބިފައިވާ ގޯތިތަކެއް ގެއްލިގޮސްދާނެތީކަމަށް މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޯޅި މެދު ދާއިރާގެ މެމްބަަރު މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މީކާއިލްވަނީ ޑރ ހައިދަރަށް ރުހުން ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއާއި އެހެނިހެން ޕާޓީތަކަށްވެސް އޭނާވަނީ ރުހުން ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. ރައީސް ނަޝީދުވަނީ މީކާއިލްގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މިސްރާބު ހުރީ މާލީ ހަރާބުގެ ތެރެއަށްކަމަށެވެ. ރައީސް ނަޝީދުު ވިދާޅުވީ، ރާއްޖެ ހޯދަންޖެހޭކަމަށާއި ހިފަހައްޓަންޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މާލީ ތަނަވަސްކަމަކީ ރައްޔިތުންގެ ހައްގެއްކަމަށާއި ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ހަމައެކަނި ނުކުރަންވީ ކަމަކީ ވައްކަންކަމަށާއި ބޭއިންސާފުން އަމަލުކޮށްގެން ނުވާނެކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މާލޭގެ ފޮތިފޮތިކޮށް ބަހާލާއިރު، ކޮންޓްރޯލްކުރުމަށް ބޭނުންވާ މަޖިލީހުގެ މެމްބަރުންނަށް 9 ގޯތި އަދި އަނެއް މެމްބަރަކަށް 10 ގޯތި ދީފައިވާކަމަށާއި ގޯތިތައް ބަހާލާފައި މަޖިލީހަށް ވަޑައިގެން މިނިސްޓަރުންނަށް ރުހުން ނުދޭނެކަމުގެ އިންޒާރު ދެމުންދާކަމަށް ރައީސް ނަޝީދު ފާޑުވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ރުހުން ނުދޭނެކަމަށް ބުނަނީ އަމިއްލަ ގޯތިތައް ގެއްލޭނެތީ ތޯ ސުވާލު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެހެން ނުހެއްދެވޭނެކަމަށާއި ރާއްޖޭގެ ރައްޔިތުންވަނީ މި ސަރުކާރަށް ވޯޓު ދީ އިންތިހާބުކޮށްފައިކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަޝީދު އުޅެނީ އިންޑިޔާ އިން ފައިސާތައް ނަގައިގެން އިންޑިޔާ ކުންފުނުފުނިތަކަށް މާލެއިން ބިންތައް ދީހެދި ޑިލްތަކުގެ ޝަރުތުން އިންޑިޔާއަށް ބޮނޑިބަދެދެވޭތޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: