ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ވެރިކަމަށް ހަތަރު ދުވަސް؛ ވިޔަފާރީގެ އެއްބަސްވުންތަކެއް ހަދަން ސައުދީ ރަސްގެފާނުގެ ކެބިނެޓުން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްގެން ވިޔަފާރިއާ ގުޅޭޭ ދާއިރާގެ އެެއްބަސްވުމެއްގައި ސޮއިކުރަން ސައުދީގެ އިކޮނޮމިކް މިނިސްޓަރ އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން އާއި ހަވާލު ކުރުމަށް ނިންމައިފި އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގެ މަޢުލޫމާތު ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ ”ވާސް“ އިން މިއަދު ބުނެފައިވާ ގޮތުގައި، ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަންއެވެ.

ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންވެސް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމަވާފައިވާކަމަށްވެސް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީއިން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް ފަހު ވެސް ރައީސް މުއިއްޒު ވަނީ ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް އާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒް އާލްސަޢުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަން ކުރައްވާކަމަށާއި، މި ސަރުކާރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ސަރުކާރެއްކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޕްލޭނިންގ ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އޭގެތެރޭގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސާދީ ދާއިރާ ފަދަ އިގްތިސާދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވެ، މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ޚާއްޞަކޮށް ފަލަސްޠީނުގައި ޞުލްޙަ ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: