ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް މެމްބަރުންނަށް ގޮވާލަނީ މާޔޫސްވުމެއް ނެތި ކުރިޔަށް ދިއުމަށް؛ ”އެންމެ ބިޔަ ޕާޓީއަކީ މިއީ“

ޕީޕިއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ބިޔަ ޕާޓީއަކީ ޕީޕީއެމްކަމަށާއި، މިއީ ދިވެހި އެތައް ރައްޔިތުންނެއްގެ ކުރިމަގާއި ގުޅިފައިވާ އުންމީދުކަމަށް ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ، ދިވެހި ގައުމަށް ދިމާވަމުން ދާ ދަތިތައް ހައްލު ކުރެވޭނީ ޕީޕީއެމަށް ކަމަށެވެ. އަދި ގައުމުގެ ހައްގުގައި އެތައް އަހަރެއް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އައީ ވެސް ޕީޕީއެމްކަމަށާއި، މެމްބަރުންގެ އުދާސްތައް ހުރި ނަމަވެސް އެކަންކަން ހައްލު ކުރައްވާނެކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން 13 މެމްބަރުންގެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ރައީސް ޔާމީންގެ ލަފައާއި އެއްގޮތަށްކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެ ހުރިހާ ބޭފުޅުންގެ ނަންތަކާއި، ނަމްބަރުތައް ވެސް އާންމު ކުރުމާއި އެކު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ އެގޮތުގެ ތެރެއިން ކުރިޔަށް ދިއުމަށް މަލޫީހު އިރުޝާދު ދެއްވި އެވެ.

މަލީހު ވިދާޅުވީ ޕާޓީއާއި ގުޅުން ހުރި ހުރިހާކަމެއްގައި އެ މެމްބަރުންނަށް ގުޅުއްވުމަށް އެދޭ ކަމަށެވެ. އަދި އެ ބޭފުޅުން ސާފު ކުރުމަށް ބޭނުންވާ ކަންކަމަށް ޖަވާބު ދޭނެކަމަށް މަލީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޕާޓީ މުޅިން އާ ޒަމާނަކަށް ގެނައުމަށް ކުރާ މަސައްކަތެއްގެ ފެށުމެވެ. ހާއްސަކޮށް ރައީސް ޔާމީނަށް ނުހައްގުން ދައުވާތަކެއް ކުރެވި، އެތައް ދުވަހެއް ޖަލުގައި ހޭދަ ކުރަން ޖެހުމަކީ އެއީ ދިވެހި ރައްޔިތުންނަށް ދޭ ނިކަމެތިކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް އާދިލް ރިޒާ ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން އެ ޕާޓީ ދޫކޮށް އެހެން މިސްރާބަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ގައުމަށް ހެޔޮ ގޮތްތައް ގެނައުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ޕީޕީއެމް ދެމި އޮންނާނެކަމަށާއި ރައީސް ޔާމީނަކީ ގައުމަށް ދެރައެއް ދޭނެ ބޭފުޅެއް ނޫންކަމަށް އައްބާސް ވިދާޅުވި އެވެ.

ޕްރެސްގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުން ވެސް ތަކުރާރުކޮށް ދެއްކެވި ވާހަކައަކީ އެއީ އެވެ. ޕީޕީއެމްގެ ކުރިމަގާއި މެދު ކަންބޮޑުނުވުމަށާއި، އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ގައުމުގެ ހައްގުގައިކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ޕީޕީއެމްގެ މަސައްކަތުން ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްް، ޕީޕިއެމްގެ ސްޓީރިއަން ކޮމިޓީތައް އިސްވެ ކުރި މަސައްކަތް އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވުނު މަސައްކަތެއްކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމަށް ދެބަސްވެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ތަރައްގީ ގައުމުގެ ރައްޔިތުން ގަބޫލު ކުރާކަމަށާއި، މި ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ ވެސް ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖަހައި، ކުރިޔަށް ދިއުންކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު މިރޭ މެމްބަރުންނަށް ގޮވާލީ، ބަދަހިކަމާއި އެކު އެކުގައި ކުރިޔަށް ދިއުމަށެވެ. އަދި ސަރުކާރަށް ވެސް ގޮވާލަން އޮތީ އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ލަފައާއި އިރުޝާދު ހޯދުމެވެ. ސަބަބެއްކަމަށް ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ތަޖުރިބާ އަދި އިލްމު ގައުމުގެ ކުރިމަގަށް މުހިންމުވުމެވެ.

ނޫސްވެރިންނަށް ސުވާލަށް ހުޅުވާލުމުން މީޑިއާތަކުން ވަނީ ކުއްލި ގޮތަކަށް ޕްރެސްއެއް ބޭއްވި ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި މަލީހު ވިދާޅުވީ އެެއްވެސް މައްސަލައެއް ނެތްކަމަށާއި، ހަމައެކަނި ސާފުކޮށްދޭން ބޭނުން ވަނީ ޕީޕީއެމްގެ އަމާޒާއި މި ފިކުރު ކަމަށެވެ. މަލީހު ވިދާޅުވީ އިތުރު ސުވާލުތަކަށް ފަހުން ޖަވާބު ދޭނެ ކަމަށެވެ. އެކަމަކު ނޫސްވެރިން ވަނީ ރައީސް ޔާމީނާއި، ރައީސް މުއިއްޒު ދެމެދު އެއްވެސް މައްސަލައެއް އޮތީ ތޯ ސުވާލު ކުރައްވާފަ އެވެ. އެކަމަކު މަލީހު ވިދާޅުވީ އެ ސުވާލަށް ވަކި ކޮޮމެންޓެއް ނެތް ކަމަށެވެ.

މަލީހު ނޫސްވެރިންނަށް މަލީހު މައުލޫމާތު ދެއްވާތީ، އެއީ ކޮން ހައިސިއްޔަތަކުން ދޭ މައުލޫމާތުތަކެއް ތޯ ވެސް ނޫސްވެރިން ސުވާލު ކުރި އެވެ. އެ ސުވާލުގެ ޖަވާބުގައި އައްބާސް ވިދާޅުވެފައި ވަނީ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުން ހީނާ ވަލީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ސެކޭޓްރީ ޖެނެރަލް ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ގެންދަން އުޒުރުވެރިވާ ކަމަށެވެ. އެއާއި އެކު ޕާޓީގެ ކަންކަމުގެ މައުލޫމާތު ދިނުމުގެ ބާރު އޮތީ ކޮންބޭފުޅަކަށްކަން، ނިންމުމުގެ ބާރު ރައީސް ޔާމީނަށް ލިބިގެންވާ ކަމަށެވެ. އައްބާސް ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި އޭނާ އަދި މަލީހު ވެސް މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ޕީޕީއެމްގައި ވަރަށް އިސްކޮށް ކަމަށެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: