ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހީނާ އާއި ތޮލާލުގެ ރައްދު އައްބާސްއަށް: ޕާޓީގެ ހައިސިޔަތެއް ނެތް މީހަކަށް ދެއްވާނެ ރައްދެއްނެތް

ޝެއާރކޮށްލާ ކަހަލަދޯ؟

ހީނާ ވަލީދާއި، މުހައްމަދު ތޮލާލު ޕީޕީއެމްގެ މަގާމުތަކުން އިސްތިއުފާ ދީފައިވާކަމަށް އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކައަށް ދޭނެ ރައްދެއް ނެތްކަމަށް ދެބޭފުޅުން ވިދާޅުވެއްޖެ އެވެ.

ރޭ ކުއްލި ގޮތަކަށް ޕީޕީއެމްގެ އޮފީހުގައި މިދިޔަ ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް ވެސް ހުންނެވި މަލީހު ޖަމާލާއި، އައްބާސް އާދިލް ރިޒާގެ އިތުރުން “ޔާމީންގެ ކޮމިޓީއެއް” ނޫސްވެރިންނާ ބައްދަލު ކުރި އެވެ. އެ ކޮމިޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުމަކީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީއާއި ގުޅުމެވެ. އަދި ވިދާޅުވެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަމަށް އާދެވުނީ ވެސް ރައީސް ޔާމީންގެ ގުރުބާނީގެ ސަބަބުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުން ބޭއްވިތާ މާ ގިނައިރުތަކެއް ނުވެ، މަލީހު ޕާޓީގެ ސެނެޓު ގުރޫޕުން ބޭރުކޮށް އޭނާއަށް ފިޔަވަޅު އެޅުމަށް މެމްބަރުން ގޮވާލި އެވެ. އަދި މަލީހުގެ މައްޗަށް ފިޔަވަޅު އަޅައި މިއަދު ސަސްޕެންޑު ކުރިކަން ވަނީ އަންގާފަ އެވެ.

މިއާއި އެކު މީޑިއާތަކުން އެ ސުވާލުތައް ޕީޕީއެމް ގުރޫޕުގައި ކުރަން ފެށުމުން، ނޫސްވެރިއަކު ވަނީ އައްބާސް ހީނާއަށް ފޮނުވިކަމަށް ބުނާ މެސެޖެއްގެ ސްކްރީންޝޮޓެއް ގުރޫޕަށް ފޮނުވުމަށް ފަހު އެއީ ސައްހަ އެއްޗެއްތޯ ސުވާލުކޮށްފަ އެވެ. އެ މެސެޖުގައި އައްބާސް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ހީނާ މަގާމުން ބަދަލު ކުރުމާ ގުޅޭގޮތުން އޭނާއާއި އެކު ވާހަކަ ދެއްކެވިކަމަށާއި، ހޮނިހިރު ދުވަހުން ފެށިގެން ޕީޕީއެމްގެ ސްޕޯކްސްޕާސަނަކީ އެއީ ކަމަށެވެ. މެސެޖު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ހީނާ ފޮނުވާފައިވާ މެސެޖުގައި ވަނީ ޝުކުރު އަދާކުރުމަށް ފަހު މަރުހަބާ ވިދާޅުވެފަ އެވެ. އިތުރު ވާހަކައެއް އެ ސްކްރީންޝޮޓޫގައި ނެތެވެ.

ސްކްރީންޝޮޓަށް ހީނާ ވިދާޅުވީ ދޭނެ ރައްދެއް ނެތްކަމަށާއި، އެއީ ޕާޓީގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ފޮނުވާފައިވާ މެސެޖެއް ނޫން ކަމަށެވެ.

އައްބާސް ވަނީ ހީނާގެ ބަދަލުގައި އޭނާ ތަރުޖަމާނުކަމުގެ މަގާމު ފުރުއްވާނެކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އެކަމާއި ބެހެގޮތުން އައްބާސްއަށް ވާހަކަފުޅުދައްކަވާފައިވާކަމަށް ވެސް ވިދާޅުވެފައެވެ. ޕީޕީއެމް ގެ މީޑިއާ ގުރޫޕުގައި ހިނާ އެކަމާބެހޭގޮތުން އެއްޗެއް ވިދާޅުވާން ބުނުމުން ހީނާ ރައްދުގައި ވިދާޅުވީ އެ މެސެޖަށް ރައްދެއް ދެއްވަން ޖޭހޭތޯއެވެ. އަދި އައްބާސް އަކީ ޕާޓީގެ ކޮން ހައިސިއްޔަތެއް އޮތް ބޭފުޅެއްތޯވެސް ހީނާ ވަނީ ސުވާލު ކުރައްވާފައެވެ.

އެ މެސެޖަށް ރައްދުދެއްވާ ތޮލާލް ވިދާޅުވީ ޕާޓީގެ ހައިސިއްޔަތެއް ނެތް ބޭފުޅަކަށް ރައްދުދެއްވަން ޖެހެވަޑައިނުގަންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: