ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފަށް ހުށަހެޅި މައްސަލައެއް ބަލައިނުގަތުމުން، ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފޭދޫ ކޯޓުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީށް ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން ބަލައިނުގަތް މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީޖީން ވިދާޅުވެފައިވާގޮތުގައި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައި ނުވާކަމަށް ބުނެ އެ ކޯޓުން މި އޮފީސް ޖޫރިމަނާކުރުމަށް ނިންމެވި މައްސަލަ ނޮވެންބަރު 14 ވަނަ ދުވަހު ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި ކަމަށެވެ.

“ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް 15 ނޮވެންބަރުގައި ނިންމެވުމާ ގުޅިގެން، އެ ނިންމެވުން މުރާޖައާ ކޮށްދެއްވުން އެދި 19 ނޮވެންބަރު ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފީމެވެ.” ޕީޖީ އޮފީހުން ވިދާޅުވެފައި ވެއެވެ.

އެ ކޯޓުން ޕީޖީ ޖޫރިމަނާކޮށްފައި ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައާއި ގުޅިގެން ޕީޖީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ފޭދޫ ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯދަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މައުލޫމާތު، އެ ކޯޓުން އެދުނު ދުވަހަށް ފޮނުވިފައި ނުވަނީ، އެ މައުލޫމާތަކީ އެ އޮފީހަށް މައްސަލައިގައި ލިބިފައިވާ މައުލޫމާތަކަށް ނުވާތީ ކަމަށެވެ.

އަދި އެފަދަ މައުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާއުން ހުށަހެޅުމުން އެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ކޯޓުގައި ބުނި ނަމަވެސް އެގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަަށްވެސް އެ ބަޔާނުގައި ވެއެވެ. ޕްރޮސިކިއުޝަން މެދުވެރިކޮށް އެފަދަ މައުލޫމާތެއް ނުހޯދޭ ހާލަތުގައި އެ މައުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކޮށްގެން ހޯދޭ ކަމަށް ޕީޖީން ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: