ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ މާ އުނދަގޫކަމެއް: މިނިސްޓަރ މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ ތަޖުރިބާ ދަށް ބަޔަކަށް ރާއްޖޭގައި ބުރިޖު އެޅުމަކީ ދުނިޔޭގެ އެހެންތަންތާގައި ބުރިޖް އެޅުމަށްވުރެ އުނދަގޫ ކަމެއްކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރެކްޝަން އެންޑް އިންފްރާސް ސްޓަރްކްޗާ މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރާއްޖެ ދުނިޔޭގެ ގައުމުތަކާއި ވަރަށް ބޮޑަށް ތަފާތުކަމަށާއި، ރާއްޖެއަކީ ވަރަށް އޮއިގަދަ ކަނޑު އޮޅިތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން ރާޅު ބޮޑުވެ ކަނޑު އަޑީގެ ފަށަލަވެސް ދުނިޔޭގެ ގައުމުތަކާއި ތަފާތުކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އާއި ދޭތެރޭގައި އަޅާފައިވާ ބުރިޖްގެ ސާވޭ ކުރި އިރުވެސް އެ މައްސަލަ ކުރިމަތިވިކަން މުއްތަލިބު ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ތިލަމާލެ ބުރިޖް ހެދުމުގައި ވެސް ދިމާވެފައިވަނީ އެ ގޮންޖެހުންތައް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

”ސީދާ މަސައްކަތުގެ ތަޖުރިބާ ނެތިއްޔާ ޗެލެންޖިން ތަކެއް ހުންނާނެ. މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ހުރީމަ ލަސްތަކެއްވެގެންދިޔައީ“

މުއްތަލިބު ވިދާޅުވީ ބުރިޖް އެޅުމުގައި ހުރި މި ގޮންޖެހުންތައް މިހެން ހުރުރުމުގެ ސަބަބުން މަޝްރޫއު އެއްކޮށް ލަސްވެފައިވާއިރު، ފުރަތަމަ އެކަންކަން ހޯދާ ދިރާސާ ކުރެވުނު ނަމަ ބުރިޖު އެޅުން އަވަސް ކުރެވުނީސް ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ މެޝިނެރީސްތައް މިހާރު ހޯދިފައި އެބަހުރި ކަމަށާއި، އެއީ ބުރިޖް މަޝްރޫއު ފެއްޓުނު ހިސާބުން ވެސް ހޯދާފައި ހުންނަންޖެހޭ ތަކެތި ކަމަށެވެ.

ތިލަމާލެ ބުރިޖް މަޝްރޫއު ފެށިގެން ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ތިން ފައިލީ ބާޖެއްގައި ކަމަށާއި، އެއީ އެފަދަ މަސައްކަތަށް އެކަށީގެންވާ އެއްޗެެއްވެސް ނޫން ކަމަށެވެ. އެހެންކަމުން އެ ބާޖު ފަހުން ފޮނުވާލީ ކަމަށެވެ. މިއީވެސް މުއްދަތު ދިގުލައިގެން ގޮސްފައިވާ ސަބަބެއް ކަމަށް ފާހަގަކުރަމުން މުއްތަލިބު ވިދާޅުވީ މި ގޮތަށް މިކަންވެސް ހިނގާފައިވަނީ ތަޖުރިބާ މަދުވުމާއި، ކޮންސްޓްރެކްޝަން މަސައްކަތައް ތައްޔާރުވާންވީ ވަރަށް ތައްޔާރު ވެވިފައި ނުވާތީ ދިމާވި ގޮތެއް ކަމަށެވެ.

ބުރިޖް މަޝްރޫއުފަދަ މަސައްކަތް ކުރުމުގެ ކޮންސްޓްރަކްޝަން ތަޖުރިބާ އަކީ ދުނިޔޭގެ ކޮންމެ ކޮންމެ ބަޔަކަށް ލިބިގެންވާ ތަޖުރިބާއެއްވެސް ނޫން ކަމަށް މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.

ތަޖުރިބާ ނެތް ކުންފުންޏަކަށް މަސައްކަތް ހަވާލު ކޮށްގެން ކުރަން އުޅުމުން މަސައްކަތުގެ ގޮންޖެހުންތަކާއި ކުރިމަތިލާ މަސައްކަތަށް ލަސްތަކެއް އަންނަން ޖެހުނީ ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް އަނެއްކާ ތާރީހު ތަކެއް ކަނޑައެޅިގެން މަސައްކަތް ދަނީ ކުރެވުމުން ކަމަށާއި، ދީފައިވާ ތާރީހަށް ނިންމޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އަވަސް ކުރެވެނެ އޮތް ދިމާލެއް ހޯދާ ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސީދާ ނިމޭނެ ވަކި ތާރީހެއް މިހާރު ވަނީ އެއްބަސް ވެވިފައި ކަމަށާއި، އެެއީ 30 ސެޕްޓަމްބަރު 2026 ކަމަށެވެ. ނަމަވެސް މިތާރީހުގައިވެސް ސިދާ ނިމޭނެ ކަމަށް އަދި ނުބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައިވެސް ބުރިޖު މަސައްކަތް ހިނގާފައިވާ ގޮތް ބަލާ ދިރާސާ ކުރުން ހިމެނޭއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ސަރަހަށްދަށް ޒިޔާރަތްކޮށް މަސައްކަތުގެ ހުރި މައްސަލަތައްބަލާ ހޯދާފައެވެ. މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް އިތުރަށް ކުރުމަައްޓަކާއި ވަރަށް ބޮޑަށް މަސަައްކަތް ކުރަން ޖެހޭނެ ކަމަށާއި، އެގޮތުތުން މި މަސައްކަތަކީ މީގެ ކުރިން އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށްވާތީ އެއްބަސްވުމުގެ ޝެޑިއުލާ އެއްގޮތަށް ކައްސާނުލާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުންވެސް މި މަޝްރުއު އަކީ ރައްޔިތުންނާއި ވަރަށް ބަޮޑަށް ގުޅުފައިވާ މަޝްރޫއަކަށްވާތީ، މިކަމުގެ ސަބަބުން ވިލިމާލެ އާއި މާލެ އާއި ދޭތެރޭ ދަތުރު ކުރައްވާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ މަސައްކަތް އަވަސް ކުރެވޭނެ ގޮތެއް ހޯދާ ބެލުމަކީ ކޮންމެހެން ވެސް ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: