ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އޮފީސް ހުސްކުރަން ވެރިފަރާތުުން އަންގައިފި

ވަގުތު އިމޭޖަސް- އަހްމަދު މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ގޭގެ ވެރިފަރާތުން އަންގައިފިއެވެ.

ހ. ހުރަފާ ގޭގެ އެންމެ ތިރީ ފަންގިފިލާފައި ހިންގަމުން އަންނަ އެ އޮފީސް ހުސްކުރުމަށް އަންގާ ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިމާރާތް ދޫކޮށްފައިވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންކަމަށާއި، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް ކަމަށެވެ.

ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައިވާކަމަށް ގޭގެ ވެރިފަރާތުން ވަނީ ބުނެފައެވެ. އެހެންކަމުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވާކަމަށާއި އަދި މިމަހުގެ 24 ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް ވެރިފަރާތާއި ތަން ހަވާލުކުރުމަށް ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އަންގާފައިވާއިރު، ޕީޕީއެމްއާއި ޚިޔާލު ތަފާތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ އެ ޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުން އެމަނިކުފާނު އުފައްދަވާ އާ ޕާޓީއާއި ގުޅުމަށް ތައްޔާރަށް ތިއްބެވުމަށް އަންގަވާފައެވެ.

ރައީސް ޔާމީން އަލަށް އުފަށްދާ ޕާޓީގެ ނަމާއި ލޯގޯގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަންނަ އާދިއްތަ ދުވަހުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އީސީގައި އެދުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: