ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ބާލަން ކުރާ މަސައްކަތަކުން ފައިދާއެއް އޮތްކަމަށް ނުފެނޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި ދިވެހިވަންތަކަން ކަށަވަރުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މީޑިއާއެއްކަަމަށްވާ “އޭޝިއަން ނިއުސް އިންޓަރނޭޝަނަލް” އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދުވަނީ އައު ސަރުކާރާއިމެދު ދެކިވަޑައިގަންނަވާގޮތް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އައު ސަރުކާރެއް ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެފައިވާކަމަށާއި އެ ސަރުކާރުން ގެންގުޅޭނީ އައު ހާރިޖީ ސިޔާސަތެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމަށް ބަދަލެއް އަންނަ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ބުނެ ރާއްޖޭގައި ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އެއީ ރާއްޖޭގެ ރައްޔިތުންނަށް މަންފާތަކެއް ލިބިގެންދާނެ މަގެއްކަމަށް ދެކިވަޑައިނުގްނަވާކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެ ކަންބޮޑުވުންތައް ހިއްސާކުރެއްވިކަމަށާއި އެ މަސައްކަތްތައް ކުރެއްވުމުގައި ދެމިހުންނަވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ގައުމުގެ ރައްޔިތުންނަށް ހިޔާލުތައް ހިއްސާކުރައްވަމުންދާނެކަމަށާއި އެގޮތުން ރާއްޖޭގެ ކުރިމަގު ކަށަވަރުކުރެވެން އޮތީ އިންޑިއާ އާއި މިހާރަށްވުރެވެސް ބަދަހި ގުޅުމެއް ގާއިމުކުރުމުގެ މައްޗަށް ބިނާވެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ޑރ މުއިއްޒުގެ ސަރުކާރަށް މިކަމުގެ ތެރޭގައި އެކުލެވިފައިވާ ގިނަ އެތައް ކަމެއް ފަހުމް ވެގެންދާނެކަމަށް ޔަގީންވެވަޑައިގަންނަވާކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެމެހެއްޓި ގުޅުމަށް މި ސަރުކާރުގައި މާ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި އެއާއި ހިލާފަށް މިއީ އިންޑިއާ އަށް ރާއްޖެއާއިއެކު އިތުރަށް ވަރުގަދަ ގުޅުންތަކެއް ގާއިމުކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށް ދެކިވަޑައިގަންނަވާކަންވެސް ހިއްސާކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ރާއްޖޭގެ ގުޅުމަށް ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށްވެސް ދެކިވަޑައިނުގަންނަވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރައްކައުތެރިކަމާއި ސަލާމާތްތެރިކަން ކަށަވަރުކުރުމުގައި އިންޑިއާއަކީ އެންމެ މުހިންމު ހިއްސާދާރުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ ކަންޑުގެ މެދުގައި އޮންނަ ކުދި ރަށްތަކަކުން އެކުލެވިފައިވާ ގައުމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގިނަ ނުރައްކާތައް ހުރިކަމަށާއި ކަނޑުފޭރޭ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރު ކުރާ މީހުންގެ އިތުރުން ޗައިނާގެ ނުފޫޒުވެސް ގަދަވަމުންދާކަން ފާހަގަކުރައްވަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެ ގައުމަކީ މި ސަރަހައްދުގައި ނުފޫޒު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ގައުމެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ ގައުމަކާއި އެކު ކުރެވޭ ހާރިޖީ މަސައްކަތްތައްވެސް ބަލައިގެން ކުރަންޖޭހެނެކަމަށެވެ. އެހެންނަމަވެސް އިންޑިއާ އަކީ ރާއްޖޭގެ އަވައްޓެރި ގައުމުކަން ސާފުވާންޖެހޭކަމަށާއި އެގައުމު އިތުރު ތަނަަކަށް ނުދާނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ ޖެހިގެން އޮތް ގައުމުކަަމަށާއި އެތަކެއް ސަތޭކަ އަހަރެއް ވަންދެން ރާއްޖެއާއި ދެމެދު ވަރަށް ރަނގަޅު ގުޅުންތަކެއް ދަމަހައްޓާފައިވާކަމަށާއި އެ ގުޅުން ދެންވެސް ދެމި އޮންނާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިއަރަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިސްނުންތަކާއި ހިލާތައް ހުރުމާއި އެ ގައުމަކުން އެ ގައުމެއްގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު އޮތުމަކީވެސް ބޭނުންތެރިކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ އަކީ ދުނިޔޭގެ އެންމެ އިސް ގައުމުތަކުގެ ތެރޭގައި ހިމެނޭނެ ގައުމެއްކަމާއިމެދު ޝައްކެއްވެސް ނެތްކަމަށެވެ. އަދި އެގައުމުގެ ފިޔަވަޅުތަކުން ހިންގުމަށް ހުރިހާ ގައުމަކުންވެސް މަސައްކަތްކުރުން ރަނގަޅުނަމަވެސް އަބަދު ހުޅަނގުގެ ގައުމުތަކުގެ ވިސްނުންތަކާއި ހިޔާތުތަކަށް ބަރޯސާވެ ތަރައްގީގެ މަސައްކަތްތައް ކުރުމުގެ ބަދަލުގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ މިސްރާބު ބައްޓަންކުރުމުގައި އެ ގައުމުތަކުގެ އަމިއްލަ ވިސްނުންތައް ހުންނާކަން ހުރިހާ ގައުމުތަކަށްވެސް އެނގެންޖެހޭކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ގައުމެއްގެ ސަރުކާރުން ރާވާ ރޭވުންތައް ތަންފީޒުކުރުމުން ފެށިގެން މަޝްރޫއުތައް ހިންގުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުންވެސް ބިނާވެގެންވާންޖެހެނީ އަމިއްލަ ހިޔާލުތަކުގެ މައްޗަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: