ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ މައްސަލަތައް ހައްލުކުރަން މިވަގުތު ފިޔަވަޅުތައް އަޅަންޖެހޭ: އެންޓޯނިއޯ ގުޓޭރެޒް

އދގެ ޖެނަރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރެޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެ ހޫނުވުމުގެ މައްސަލަ ވަގުތުން ވަގުތަށް ހައްލުކުރަން މަސައްކަތްކުރަން އދގެ ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުޓޭރެޒް ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ގުޓޭރެޒްވަނީ ދާއިމީކޮށް ގަނޑުވެފައިވާ ސަރަހައްދެއްކަމަށްވާ އެންޓްއާކްޓިކާއަށް ޒިޔާތްކުރައްވާފައެވެ. އަދި އެތަނަކީ ބައިނަލްއަގުވާމީ ގޮތުން މުހިންމު ތަނެއްކަމަށާއި އެހެންނަމަވެސް މިހާރު އެތައް މިލިއަން އަހަރުތަކެއްގެ މަތިން އުފެދިފައިވާ ގަނޑުފެން ވިރެމުންދާކަށާއި އެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ގުޓޭރެޒް ވިދާޅުވީ، އެންޓްއާކްޓިކާގައި ހިނގާކަންކަމުގެ އަސަރުތައް ކުރަނީ އެ ސަރަހައްދަށް އެކަނި ނޫންކަމަށެެވ. އޭނާ ވިދާޅުވީ، ދުނިޔެއާއި ދުރަށް އިރުގެ ދޯދިތައް އަނބުރާ ފޮނުވާލުމުގެ މަސައްކަތްތަކުގެ އިތުރުން ދުނިޔޭގެ މޫސުން ވަކި ގޮތެއްގެ މަތީ ދެމެހެއްޓެމުގައިވެސް އެ ސަރަހައްދު މުހިންމު ރޯލެއް އަދާކުރާކަމަށެވެ. އަދި ގިނަ އަދަދެއްގެ ގަނޑުފެން ވިރުމުން ކަނޑުގެ ލޮނުގަނޑު އުފުލިގެންދާނެކަމަާއި އެކަމުގެ ސަބަބުން ލޮނުގެ މިންގަނޑުތަކަށް އަސަރުކޮށް ދިރިއުޅޭ ތަކެތީގެ މާހައުލުތަކަށްވެސް ބޮޑެތި ބަދަލުތައް އަންނާނެކަމަށް ވިދާޅުވިއެވެ.

މީޑިއާތަކުން ބުނާގޮތުން، އަހަރީގޮތުން ބާއްވަމުންދާ ސަމިޓުތަކާއި ބައްދަލުވުންތަކުގެ މަގުސަދަކީ މޫސުމަށް ބަދަލުތައް އަންނަ އައުމަށް ހައްލުތަކެއް ގެނައުންކަމަށްވެސް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުން ގްލޯބަލް ވޯމިންގް ހުއްޓުވުމުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށާއި ސަބަބަކީ ގްރީން ހައުސް އެމިޝަންސްއާއި ހަކަތައް އުފެއްދުމުގެ ގޮތުން ތެޔޮ އެންދުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: