ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 ފުލެޓު ދިނުމުގެ މަސައްކަތް ހުއްޓާލީ ނިމިދިޔަ ސަރުކާރުން

ފޮޓޯ: ރައްޔޮތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

4000 ފުލެޓު ދިނުމުގެ މަސައްކަތް ހުއްޓާލީ ނިމިދިޔަ ސަރުކާރުން ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާ ގުޅިގެން މިސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ހައިދަރު ވިދާޅުވީ މިސަރުކާރުން 4000 ފުލެޓުގެ މަސައްކަތް ނުހުއްޓުވާ ކަމަށާއި އެ މަސައްކަތް ހުއްޓާލީ ނިމިދިޔަ ސަރުކާރުގައި ކަމަށެވެ. އެގޮތުން އެ މަސައްކަތް ހުއްޓާލައިފައިވާކަމުގެ ނޫސްބަޔާނެއް ވެސް ކުރީގެ ސަރުކާރުން ނެރެފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލެޓުތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރިއަށް ދާތީ އޭސީސީގައި މައްސަލަ މަޑުޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން އެކުލަވާލަން ޖެހޭ ލޭންޑް ޔޫސް ޕްލޭން އޮތީ އެކުލަވާލައި ނިމިފައި ކަމަށާއި ގިރާވަރު ފަޅާއި ގުޅީފަޅުގެ އިތުރުން ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭންވެސް އޮތީ ނިމިފައި ކަމަށެވެ. އެހެންކަމުން ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް ގޯތިތައް ދޫކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. ހައިދަރު ވިދާޅުވީ ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވާ ގޮތުން އެތަނުގައި 75،000 އާއިލާ އާބާދުކުރެވޭނެ ކަމަށެވެ. ނަމަވެސް މި މަސައްކަތް ކުރެވޭނީ 20 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް 5 އަހަރުތެރޭ ދާއިމީ ހައްލެއް ގެންނާނެ ކަމަށާއި އަދި މިސަރުކާރުން އެންމެ އިސްކަމެއް ދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކަމަށެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އެންމެ ރަނގަޅު ތަނެއް ކަމަށް ފެނިވަޑައިގަންނަވަނީ ފުށިދިއްގަރުކަންވެސް މިނސްޓަރު ފާހަގަކުރެއްވިއެވެ. ޚިދުމަތްތައް ހޯދުމަށް މާލެއަށް ދަތުރުކުރަން ނުޖެހޭވަރަށް ފުށިދިއްގަރުފަޅު ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ޝަރުތު ހަމަނުވާ މީހުންނަށް އޮތީ ބިމާއި، ގޯތި ދީފައި ކަމަށެވެ. މާލޭގައި މިހާރު ގޯއްޗަށް ބޭނުންޖެހިފައިވާ މީހުންނަށް ގޯތިދީ ނިމުމުން މައްސަލަ ހައްްލު ނުވާނެ ކަމަށާއި 20 އަހަރުގެ ޕްލޭނެއްގެ ދަށުން މަަސައްކަތް ކުރާއިރު މުސްތަގުބަލުގައި ވެސް މީހުން އަންނާނެ ކަމަށް ބަލައި އެކަމަށްވެސް ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
35%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 65%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: